ބ. އަތޮޅުގެ ހަ ރަށެއްގައި ފަގީރުން ނެތް!

ހިތާދޫ އޮންލައިން | 03 ޖޫން 2019

ބ. އަތޮޅުގެ ހަ ރަށެއްގައި ފަގީރަކު ނެތުމާގުޅިގެން އެރަށްރަށުން މިއަހަރު ނެގި ފިތުރު ޒަކާތުގެ ފައިސާއާއި ގޮވާން މިއަތޮޅުގެ އެހެން ރަށްރަށުގެ ފަގީރުންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިކަމަށް ކައުންސިލްތަކުން ބުނެފި އެވެ.

މިއަތޮޅުގައި މިއަހަރު ފަގީރުން ނެތީ ކެންދޫ، ކުޑަރިކިލު، ކިހާދޫ، ދޮންފަނުގެ އިތުރުން ފެހެންދޫ އާއި ފުޅަދޫ އެވެ.

އެރަށްރަށުގެ ކައުންސިލްތަކުން ބުނިގޮތުގައި ފިތުރު ޒަކާތް އެހެން ރަށްރަށުގައި ތިބި ފަގީރުންނަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނި އަންގާފައެވެ.

ފަގީރަކު ނެތިގެން ކެންދޫ އަދި ކުޑަރިކިލު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ގޮވާން ފޮނުވަން ނިންމީ ކަމަދޫ ފަގީރުންނަށެވެ. އަދި ކިހާދޫން ހިތާދޫއަށް އަދި ދޮންފަނުން މާޅޮހަށް ފޮނުވަން ނިންމިއިރު، ފެހެންދޫން ނިންމީ ތުޅާދޫއަށެވެ. ފުޅަދޫ ފިތުރު ޒަކާތަށް ލިބުނު ތަކެތި ފޮނުވަން ނިންމީ ގޮއިދޫއަށެވެ.

ފަގީރަކު ނެތިގެން މީގެކުރިން މިއަތޮޅު ފެހެންދޫން ވެސް ވަނީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ގޮއިދޫގައި ތިބި ފަގީރުންނަށް ދީފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :