ބ. އަތޮޅަށް ޔެލޯ އެލާރޓު ނެރެފި!

ހިތާދޫ އޮންލައިން | 29 މެއި 2019

ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސްވެ، ބ. އަތޮޅު ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވެދާނެތީ މިއަދު 11:00 އިން ފެށީގެން ހަވީރު 3:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އެގޮތުން ބައެއް ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންކަމުން ކަނޑުތައް ވެސް ގަދަވާނެ އެވެ
ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :