ބ. ތުޅާދޫއަށް ގެނައި 600 ކިލޯވޮޓުގެ ޖަނަރޭޓަރ އެރަށަށް ބާލަނީ

ބ. ތުޅާދޫ އަށް 600 ކިލޯވޮޓުގެ ޖެނެރޭޓަރ ސެޓެއް ގެނެސްފި

ހިތާދޫ އޮންލައިން | 21 މެއި 2019

ބ. ތުޅާދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ޚަރަދުގައި އެރަށަށް ޖަނަރޭޓަރު ސެޓެއް ގެނެސްފިއެވެ.

ފެނަކަ އިން ބުނިގޮތުގައި ތުޅާދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށަށް ފޮނުވި 600 ކިލޯވޯޓުގެ ޖެނެރޭޓަރު ސެޓަކީ އެކުންފުނީގެ ޚަރަދުގައި ގަތުމަށް ފަހު ފޮނުވާފައިވާ ޖެންސެޓެކެވެ.

ތުޅާދޫ ކައުންސިލުން ބުނީ ފެނަކައިން އެރަށް ފޮނުވި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ތުޅާދޫގެ ކަރަންޓު މައްސަލައަށް އަހަރެއް ވެފައިވާ ކަމަށެވެ. އަލަށް އިންސްޓޯލް ކުރާ ޖެންސެޓްގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެރަށުން ކައުންސިލުން ބުންޏެވެ.

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކަރަންޓް މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :