ފޭލި ގުރުއާން މުބާރާތް މިމަހުގެ 25 ގައި ފަށަނީ

ހިތާދޫ އޮންލައިން | 14 މެއި 2019





ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބ. އޭދަފުށީ ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތް މިމަހު 25 ވަނަ ދުވަހު ފަށާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ ދެ ގޮތްފަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 250 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމާއި އެކަމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެކި އުމުރުފުރާތަކުން އެންމެމޮޅު ފަސް ބައިވެރިންނާއި މުޅި މުބާރާތުން ދެ ބައިން އެންމެ މޮޅު ތިން ބައިވެރިން ހޮވާނެ އެވެ.

މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ކޮންމެ ބައިވެރިއަކަށް ހަނދާނީ ހަދިޔާއެއްވެސް ދޭނެ އެވެ.

މިއީ ފޭލިން މި މުބާރާތް ބާއްވާ 17 ވަނަ އަހަރެވެ.

މުބާރާތުގެ ބައިވެރިންގެ ލިސްޓް ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ބަލައި ލެވޭނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :