އޭދަފުށީގައި ދެ އެކްސިޑެންޓެއް ހިނގައިފި

ހިތާދޫ އޮންލައިން | 10 މެއި 2019





ބ. އޭދަފުށީގައި އިއްޔެ ހަވީރު ދެ އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އޭދަފުށީގެ ދެ ސަރަހައްދެއްގައި އިއްޔެ ހަވީރު ހިނގި މި އެކްސިޑެންޓްތަކުގެ ތެރެއިން ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ހަވީރު 5:30 ހާއިރު ދެކުނު ފަރާތު ޒަމާނީ މަގު ހެލެގެލިގެ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް އެގޭތެރެއިން ދުވެފައި ނުކުތް ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ކުޑަކުއްޖާގެ ބޮލުގެ އެއްފަޅީގައި ގޮނބި ލާފައިވާއިރު އެ ކުއްޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފަ އެވެ.

ދެވަނަ އެކްސިޑެންޓަކީ ޒަމާނީމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ލިލީޕާކްގޭ ކަންމައްޗަށްވާ ހިސާބުން މަގުމައްޗަށް ދުވެފައި ނުކުތް ކުޑަ އަންހެން ކުއްޖަކު ގައިގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މީހާއާއި ފަހަތުގައި އިން މީހާއަށް ގެއްލުމެއް ނުވި ނަމަވެސް ކުޑަ އަންހެން ކުއްޖާގެ ބޮލަށް ގެއްލުންވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ.

ނަމަވެސް މިއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :