ބ. ހިތާދޫ ކުޑަ މިސްކިތް

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް

ޢާމިރު ޢަބްދުއްލަޠީފު | 04 މެއި 2019





މި އަހަރުގެ ބަރަކާތްތެރި ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ހޯމަ ދުވަސް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައެޅިއިިރު، ފަލަކީ ހިސާބުތަކުން ވެސް ދައްކަމުން އައި ގޮތުން މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :