ލޮޓަސް ފިހާރައިން އޭދަފުށީ ދާއިރާގެ ހުރިހާ ރަށަކަށް ރޯދަ ހަދިޔާ ދެނީ!

ހިތާދޫ އޮންލައިން | 01 މެއި 2019





ލޮޓަސް ފިހާރައިން އޭދަފުށީ ދާއިރާގެ މީހުން ދިރިއުޅޭ ތިން ރަށުގެ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި ބާސްމަތީ ހަނޑޫ ބަހަން ފަށައިފިއެވެ.

ލޮޓަސް ފިހާރައިގެ ހަދިޔާ ބެހުމުގައި އިސްކޮށް އުޅޭ މީހަކު ބުނިގޮތުގައި އޭދަފުށި، މާޅޮސް އަދި ހިތާދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ވެސް ރޯދަ ހަދިޔާގެ ގޮތުގައި 900 ގްރާމުގެ ލޮޓަސް ސްޕަ ބާސްމަތީ ރައިސް ފަސް ޕެކެޓް ބަހަން ނިންމާފައިވާ ކަމަށެވެ. އެއީ ގާތްގަޑަކަށް 800 އެއްހާ ގެ އެވެ.

މިއީ މިދިޔަ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވި އަހްމަދު އާރިފް (އާއްޓޭ) ގެ ހިއްސާ އޮންނަ ލޮޓަސް ފިހާރައިން އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭ ފުރަތަމަ ފަހަރެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުންނާއި ވިޔަފާރިވެރިން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އެހީތައް ވެ އެވެ. އެގޮތުން، މި އަހަރު ވެސް އެކަން އެގޮތަށް ހިނގަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :