ކިހާދޫ ކައިންސިލު އިދާރާ ކައިރީ އެރަށުގެ މީހުން.. ފޮޓޯ- ކިހާދޫ ލައިވް

ކިހާދޫ ރޯދަ ހަދިޔާ: ކޮންމެ މީހަކަށް 10 ކާއްޓާއެކު 3 ދަޅު ގެރިކިރު!

ހިތާދޫ އޮންލައިން | 30 އޭޕްރީލް 2019

މިފަހަރު ބ. ކިހާދޫ ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ މީހަކަށް 10 ކާއްޓާއެކު 3 ދަޅު ގެރިކިރު ދޭން ނިންމައިފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ ވަކި އުމުރަކަށް ބެލުމެއް ނެތި ރަށުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ މީހަކަށް މިއަހަރުވެސް 10 ކާށްޓާއެކު 3 ދަޅު ގެރިކިރު ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެރަށުގައި ދިރިއުޅޭ މުސްލިމު ކޮންމެ މީހަކަށްވެސް ތިން ދަޅު ގެރިކިރު ރޯދަ އިނާޔަތުގެ ގޮތުގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިހާދޫ ކައުންސިލުން ބުނީ ރަސްމީ ގަޑީގައި ރުއްގަނޑަށް ގޮސް އެ މީހަކު ބޭނުންވާ ދިހަ ކާށި ކައުންސިލަށް ދެއްކުމަށް ފަހު މޭ މަހުގެ 2ގެ ނިޔަލަށް ގެންދެވޭނެ ކަމަށެވެ. ކައުންސިލުން ކަނޑައަޅާފައި ވަނީ މިހަފްތާ ގެރިކިރު ދަޅުވެސް ބަހައި ނިންމުމަށެވެ.

ރަށްރަށުގެ ކައުންސިލްތަކުން ދަނީ ރޯދަ މަހު އެރަށްރަށުގެ ރައްޔިތުންނަށް މިފަދަ ތަފާތު އެހީތައް ދެމުން އަންނައިރު މިހާތަނަށް އޭދަފުށީ ކައުންސިލުން ރޯދަމަހާ ދިމާކޮށް މިފަދަ އެހީއެއް ނުދޭތީ ރަށު ގިނަބަޔަކު އެވާހަކަ ދައްކައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :