މާރެސް ވޮލީބޯޅަ ތަށި ގޮއިދޫ ދިފާއުކޮށްފި

ހިތާދޫ އޮންލައިން | 28 އޭޕްރީލް 2019

ބ. މާޅޮހު މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިސަންގެ ފައިނަލުގައި މާޅޮހުގެ މައްޗަށް ކުރިހޯދުމަށް ފަހު ގޮއިދޫ ޓީމުން މާރެސް އަތޮޅު ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިއަހަރުގެ މުބާރާތުގައި މާޅޮސް އަތުން ގޮއިދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި ފަހަރު ވެސް ގޮއިދޫން ތަށި ދިފާއުކުރީ ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. .

މާޅޮހު ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 25-20، 25-21 އަދި 25-23 އިންނެވެ.

ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ގޮއިދޫގެ އިބްރާހީމް ފަލާހު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހަމަ އެ ޓީމުގެ ސެޓަރު ސައްދާދު ޒަކީ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ފަލާހު އާއި ސައްދާދުގެ އިތުރުން އެޓީމުގެ އަކްރަމް އަބްދުﷲ އާއި މާޅޮހުގެ އަޝްފާގު އާދަމް އާއި ކަމަދޫގެ ރިލްވާން މުހައްމަދުގެ އިތުރުން ކުޑަރިކިލުގެ ޝާއިން އެވެ.

ގޮއިދޫ އަންހެން ޓީމު ވަނީ މިއަހަރު މި މުބާރާތުގެ ތަށި މިލުކު ކޮށްފަ އެވެ

ރެޑްވޭވް އަދި ބީއެމްއެލް އިން ސޮޕޮންސާ ކޮށްގެން ބޭއްވި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ވަނީ ދީފައެވެ.

މިއީ ބ. އަތޮޅަށް ހުޅުވާލައިގެން މާރެސް އިން މި މުބާރާތުގެ އަންހެން ޑިވިސަން ބޭއްވި ތިންވަނަ އަހަރެވެ. އަދި ފިރިހެން ޑިވިސަން ބޭއްވި ދެވަނަ އަހަރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :