އޭދަފުށީ ޕޯސްޓް އޮފީސް

އޭދަފުށި ޕޯސްޓު އޮފީސް ފަޅާލައި ވައްކަން ކޮށްފި

ހިތާދޫ އޮންލައިން | 25 އޭޕްރީލް 2019





ބ. އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި ވައްކަން ކުރިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:30 ހާއިރު އެވެ. ޕޯސްޓް އޮފީސް ފަޅާލައި އެތަނަށް ވަދެފައި ވަނީ ބިއްލޫރިގަނޑެއް ތަޅާލައިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެތަނުން މަދުވީ 1500 ރު ފިޔާއެވެ. އިތުރު އެއްޗެއް ވަގަށް ގެންގޮސްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ވައްކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :