ބ. ފެހެންދޫ ކައުންސިލުންވެސް ރައީސާ ބައްދަލު ކޮށްފި

ހިތާދޫ އޮންލައިން | 25 އޭޕްރީލް 2019





ބ. ފެހެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެ ރަށު ކައުންސިލުން ބައްދަލު ކޮށްފިއެވެ.

ފެހެންދޫ ކައުންސިލުން ރައީސް އާ ބައްދަލު ކުރައްވާ ރަށުގައި ހުރި ދަތިތަކުގެ ވާހަކަ ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ފެހެންދޫ ސްކޫލުގެ ދަރިވަރުން ކޮންމެ ދުވަހަކުވެސް ޑިންގީ އެއްގައި ގޮއިދޫއަށް ދާންޖެހިފައިވާ ދަތިހާލު އޮޅުން ފިލުވައި ދެއްވުމުގެ އިތުރުން ރަށުގެ ބަނދަރު ނެތުމުން ދިމާވާ ދަތިތަކާއި ރަށުގައި ރަނގަޅު ފެންވަރުގެ މިސްކިތެއް ނެތުމުން ދިމާވާ ދަތިތައް ވަނީ ރައީސްއާ ހިއްސާ ކޮށްފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ފުއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ފެހެންދޫ ކައުންސިލުން އެދުނު ކަންތައް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :