ބ. ކަމަދޫ

ބ. ކަމަދޫ ރޯދަ ހަދިޔާ: މަސްދަޅާ އަލަނާސި ދަޅު

ހިތާދޫ އޮންލައިން | 25 އޭޕްރީލް 2019

ރޯދަ ހަދިޔާއެއްގެ ގޮތުގައި ބ. ކަމަދޫ ރައްޔިތުންނަށް މި ރޯދަ މަހު 7 މަސްދަޅާއި 7 އަލަނާސީ ދަޅު ބަހަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

އެރަށު ކައުންސިލުން ބުނީ މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި އެރަށު ރަޖިސްޓްރީގައި ހިމެނޭ 7 އަހަރުން މަތީގެ ކޮންމެ މީހަކަށް 7 ތެޔޮމަސް ދަޅާއި 7 އަލަނާސި ދަޅު ބެހުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އަދި މި ހަދިޔާ އަކީ ކަމަދޫގެ ރަޖިސްޓްރީގައި ހިމެނޭ ހުރިހާ ފަރާތްތަކަށްދެވޭ ހަދިޔާއަކަށްވާއިރު، މި ހަދިޔާ ރަށުން ބޭރުގައި ދިރިއުޅޭ ކަމަދޫގެ ރައްވެހިންނަށް ވެސް ދެވޭނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

“މި ހަދިޔާ ކުރިއަށްއޮތް ރޯދަމަސް ފެށުމުގެ ކުރިން ހުރިހާ ފަރާތްތަކަށްވެސް ފޯރުކޮށްދިނުމުގެ މަސައްކަތް މިކައުންސިލުން މިގެންދަނީ ކުރަމުންނެވެ،” ކަމަދޫ ކައުންސިލުން ބުންޏެވެ.

ރަށްރަށުގެ ކައުންސިލްތަކުން ދަނީ ރޯދަ މަހު އެރަށްރަށުގެ ރައްޔިތުންނަށް ތަފާތު އެހީތައް ފޯރުކޮށްދެމުންވެ. ނަމަވެސް މިހާތަނަށް އޭދަފުށީ ކައުންސިލުން ރޯދަމަހާ ދިމާކޮށް މިފަދަ އެހީއެއް ނުދޭތީ ރަށު ގިނަބަޔަކު އެވާހަކަ ދައްކައެވެ.
(ޚަބަރު - އީޓީ)


ކިޔުންތެރިންގެ ޚިޔާލު...


ނަން :