ބ. ހިޔާދޫ ކައުންސިލުން ރައީސް ސޯލިހާއި ބައްދަލު ކުރައްވައިފި

ޢާމިރު ޢަބްދުއްލަޠީފު | 23 އޭޕްރީލް 2019





ބ. ހިތާދޫގައި ފެނާއި ނަރުދަމާއާއި މިއަހަރު ހިންގުމަށް ކަނޑައަޅާފައިވާ 5 ޕްރޮޖެކްޓެއް އަވަސް ކޮށްދިބުމަށް އެދި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިތާދޫ ކައުންސިލްގެ 3 މެންބަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ހިތާދޫގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ވަނީ ރައީސަށް ޙިއްޞާކުރައްވާފައެވެ.

ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތާދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތުންކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުޞަތު ފަހިކުރުމާ ބެހޭގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :