ބ. ކިހާދޫ ކުނިކޮށި ނެޕީން ފުރިފައި. ނައްތާލެވޭނެ ގޮތެއް ނެތް

ނެޕީތައް ނައްތާނުލެވި ބ. ކިހާދޫ ބަލިމަޑުކަމަށް ހުށަހެޅިފައި!

ޢާމިރު ޢަބްދުއްލަޠީފު | 23 އޭޕްރީލް 2019





ބ. ކިހާދޫ ކުނި ކޮއްޓަށް ޖަމާވެފައި ހުރި ނެޕީތާލތައް ނައްތާނުލެވި ގިނަދުވަސް ތަކެއް ވެފައިވާތީ އެރަށުގައި އާއްމު ބަލިމަޑުކަމެއް ފެތުރިދާނެ ކަމަށް އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށްއިފިއެވެ.

ކިހާދޫ ރައްޔިތަކު ބުނީ ނެޕީތައް ނައްތާނުލެވި ގިނަ ދުވަސްތަކެއްވ ވެފައިވާތީ ކުނިކޮށި ފުރި ބޭރަށް ފައިބާފަވާކަމަށާއި ވިއްސާރަ ވުމުން ނެޕީތަކުގައި ހުރި ނަޖިސްތަށް ބޭރުވެފައިވާ ކަމަށެވެ.

" އެތަން އެއޮތީ ފުރިފައި. ވިއްސާރަވުމުން މިހާރު އެވަނި ނަޖިސްތަށް ބޭރުވެ މުޅި ސަރަހައްދު ތަޣައްޔަރުވެފައި. ނައްތާލެވޭނެ ގޮތެއްނެތް" ކިހާދޫން ވާހަކަ ދެއްކި މީހަކު ކިޔައިދުނެވެ.

ބ. ކިހާދޫ ކައުންސިލުގެ ނާއިބު ރައީސް ޝަރީފު ވިދާޅުވީ ނެޕީތައް ނައްތާލެވޭނެ ގޮތެއް ނެތިގެން ކުނިކޮށިި ފުރިފައިވާކަމަށާއި މިހާލަތަށް ދިޔައީ ވެމްކޯގެ އެހީތެރިކަން ނުލިބިގެންކަމަށެވެ.

"ކުރިން ކުނި މެނޭޖުކުރުމުގައި ފޯސީޒަންގެ އެހީތެރިކަން ލިބޭ ނަމަވެސް މީގެ 10 ވަރަކަށް މަސްކުރިން އަޅުގަނޑުމެން ވާނީވެމްކޯއާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައި. އެއްފަހަރު ކުނި ބަލާއައި އޭގެފަހުން ނާދޭ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކުރިން އެންދޭތޯވެސް ބެލި ކަމަށާއި އެކަމަކީވެސް ވަރށް އުނދަގޫ ކަމެއްކަމަށެވެ. ވެމްކޯއިން ކުނި ބަލާ ނާދެވޭއިރު ފޯސީޒަނަށްވެސް ނުނިނުނެގުމަށް އެމީހުން ޕްރެޝަރ ކުރާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :