ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ސައިކަލެއް ދީފި!

ހިތާދޫ އޮންލައިން | 22 އޭޕްރީލް 2019





ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން ބ. އަތޯޅުގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ލެވިސްޓާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ސައިކަލރއް ދީފިއެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބުކުރީ ޑައުންޓައުންއާ ވާދަކޮށް 5-1 އިން މޮޅުވެގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު އޯޝަން ޓައިޑްސް ޓީމުގެ ކުޅުންތެރިންނަށް ވަނީ އިނާމެއްގެ ގޮތުގައި ޖީއެން 125 ބްރޭންޑްގެ މޮޓޯސައިކަލެއް ލިބިފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު އަހްމަދު އަޝްރަފް (ސޮބީ) އަށާއި ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް ޝަރީފް (ކާޑޭ) އަށް ވަނީ ހޮންޑާ އާރުއެކްސް 125ސީސީ ގެ ސައިކަލެއްދީފަ އެވެ.

މީގެ އިތުރުން މި މުބާރާތުގެ ރަނާއަޕް ޓީމަށާއި ތިންވަނަ ހޯދި ހިތާދޫ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވަނީ ބައިސްކަލެއްދީފަ އެވެ. މިއީ ގާތްގަޑަކަށް 378،600ރ. ގެ އަގުހުރި އިނާމެވެ.

އޭދަފުށީ ދާއިރާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި އެގާރަ ޓީމު ވާދަކުރި އެވެ. އެއީ މާޅޮހު ޓިމަކާއި ހިތާދޫން ތިން ޓީމުގެ އިތުރުން އޭދަފުށީން ހަތް ޓީމެވެ.

ލޮޓަސް ފިހާރައިން ރާއްޖެއަށް އިންމޯޓްކުރާ “ލެވިސްޓާ ކޮފީ” އިން ސްޕޮންސާކޮށްގެން ބ. އަތޮޅަށް ހުޅުވާލައިގެން އަގުބޮޑު ފުޓްބޯޅަ މުބާރާތެއްވެސް ބާއްވަންވަނީ އިއުލާންކޮށްފަ އެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :