ހިތާދޫ ސްކޫލުގެ 68 ވަނަ އަހަރީ ދުވަހުގެ ހަރަކާތް ތަކުގެ ތެރެއިން. ފޮޓޯ- ހިތާދޫ ސްކޫލް

ހިތާދޫ ސްކޫލަށް 68 އަހަރު ފުރުން ފާހަގަ ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 18 އޭޕްރީލް 2019





ބ. ހިތާދޫ ސްކޫލަށް 68 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ އެ ސްކޫލުގައި ހަރަކާތްތަކެއް ހިންގައިފިއެވެ.

އެ ސްކޫލަށް 68 އަހަރު ފރުން ފާހަގަ ކުރުމުގެ ގޮތުން ހިންގި ހަރަކާތްތަށް ފެށީ ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު ޚަތިމް ކުރުމުންނެވެ.

ފަތިސް ނަމާދަށް ފަހު ހެނދުނު ކަސްރަތު ސެޝަނަކާއި ދުވަހުގެ ޚާއްޞަ އެސެންބްލީއެއް ވަނީ ބާއްވާފައެވެ. މި އެސެންބްލީގައި ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރި ވެފައެވެ.

ބ. ހިތާދޫ ސްކޫލަށް 68 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ އެސެންބްލީގައި އެކި ދުވަސްވަރު އެ ސްކޫލުގައި ކިޔަވައި ދެއްވި މުދައްރިސުންގެ އޯޑިއޯ ވަނީ އިއްވާފައެވެ. އަދި އެހާރާއި މިހާރުގެ ހާލަތާއި ބެހޭ ގޮތުން އިސްދަރިވަރުން ވާހަކަ ދެއްކުމާއި އެކަމާ ގުޅޭގޮތުން ޑްރާމާއެއް ވަނީ ހުށަހަޅާ ދީފައެވެ. މިއެސްންލީގައި ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރި ވެފައެވެ.

ހިތާދޫ ސްކޫލަށް 68 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގި ފަހު ހަރަކާތްތަކުގެ ތެރޭގައި އިއްޔެ ހަވީރު ބޯޅަ ދަނޑުގައި ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ކުޅިވަރު ހަރަކާތް ތަކެއް ހިންގާފައެވެ.

ބ. ހިތާދޫ ސްކޫލަށް 68 އަހަރު ވެފައި ވީއިރު މި ސްކޫލް ވަނީ އެކިނަން ނަމުގައި ހިންގާފައެވެ. އެންމެ ފުރަތަމަ ސްކޫލް ހިންގީ ފަންމަދަރުސާ (މަކްތަބުލް ހިލާލް) ގެ ނަމުގައެވެ. ދެން ބަދަލުވީ ހިތާދޫ މަދަރުސާގެ ނަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :