ބ. ހިތާދޫން އާއްޓޭ ކުރި ހޯދައިފި

ޢާމިރު ޢަބްދުއްލަޠީފު | 06 އޭޕްރީލް 2019





މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ބ. ހިތާދޫގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާއިން އެމްޑީޕީގެ ކެނޑިޑޭޓު އަޙްމަދު ޢާރިފި (އާއްޓޭ) ކުރިހޯދައިފިއެވެ.

ހިތާދޫ ފޮށިން އާއްޓޭއަށް 220 ވޯޓު ލިބިފައިވާއިރު މިހާރުވެސް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑުވޭވް ސަލީމް) އަށް ލިބިފައިވަނީ 188 ވޯޓެވެ. ލޭބަރ ޕާޓިން ވާދަކުރެއްވި ޔޫސުފު މޫސާ އާއި އަމިއްލަގޮތުން ވާދަ ކުރެއްވި ފައިސަލަށް ލިބުނީ އެންމެ 4 ވޯޓެވެ.

ބ. ހިތާދޫގެ ފޮއްޓަށް ޖުމްލަ 418 ވޫޓު އޭދަފުށީ ދާއިރާއަށް ލާފައި ވީއިރު 2 ވޯޓު ވަނީ ބާތިލުވެފައެވެ.

މިފޮއްޓަށް ވޯޓު ލާފައި ވަނީ 492 މީހުންނެވެ. ޖުމްލަ ވޯޓުލަން ރަގިސްޓްރީ ކޮށްފައިވަނީ 623 މީހުންނެވެ. މިދާއިރާއިން މި ފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ވަނީ 517 މީހުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :