މައިޝާ ( ދިހަވަނަބައި )

ލިޔުނީ: ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 08 މެއި 2013





އެދުވަހު އަފްލަޙް ބޭރަށް ގޮސްފައި އައިއިރު އައީ ދިރާގުން ސިމެއް ހިފައިގެންނެވެ.
"މިހާރު ހެޕީތަ " މައިޝާގެ ފޯނަށް އެސިމް ލައްވާލަމުން އަފްލަޙް އެހިއެވެ. ހިނިތުން ވުމާއެކު މައިޝާ ބޯޖަހާލިއެވެ.
" ހަލޯ ........ ލޯބީ މޯނިންގ ވެއްޖެތަ " ރައީނަށް ހޭލެވުމާއެކު ޝައުޝަން އަށް ގުޅިއެވެ.
" ހޫނ... ހާދަ ހެދުނަކާ ތިގުޅީ . ކިހިނެއްވީ " އެނދުގައި އޮތް ޝައުޝަން މޯޅިއަކަށް ދެމިލަމުން އެހިއެވެ.
" އަދި ނުވެސް ތެދުވަންދޯ ......... ތިހާ ކަންނެތް މީހަކާ އިނދެގެން އަހަރެން އުޅޭ ނީ ކިހިނެއް " ރައީން ކުރީ ސަމާސާއެވެ. ނަމަވެސް އެކަން ސީރިއަސްކޮށް ނެގީ ޝައުޝަންއެވެ.

"ދެން މުރާލި މީހެއް ހޯދީމަ ވީއެއްނު.....ކީއްކުރަން އަހަންނަށް ގުޅަންވީ ....." ޝައުޝަންގެ އަޑު ބާރުވިއެވެ.
" ހާދަ ރުޅިއައީ ....އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ...... " ރައީން އަވަސް އަވަހަށް ބުންޏެވެ.
" ރައީން އުޅޭނީ އަހަރެން ރުޅިއަރުވަން ވީއްޔަ ........ އޯކޭ .... ކީއްތަ ތިކުރަނީ ......... "
" އަހަރެން ތަ .....އަހަރެން މި ލެޕުންް ޝައުގެ ފޮޓޯ ބަލަނީ .."
" އެހެންވާނެއެއްނު " ޝައުޝަން ހެމުން ހެމުން ވާހަކަ ދެއްކިއެވެ.

" ސީކޮށޭ........... އެއްކަލަ ދުވަހު ނެގި ފޮޓޯތަށް ވަރަށް ސަޅި .."
" ރައީން އެދުވަހު ނުވެސް ދައްކާލި ......... އަޅެ އަހަރެންވެސް ވަރަށް ބަލާލާ ހިތްވެއްޖެ ތިފޮޓޯތަށް .... ދަންތަ ..." ޝައުޝަން ހުރީ ފޮޓޯތައް ބަލާހިތުން ކެތްމަދުވެފައެވެ.
" އަދި ނުދެއްކިފައެއް ނެތެންނު .... މިރޭ ދާނަން ލެޕް ހިފައިގެން ........... ސައިވެސް ނުބޮންދޯ ........އަވަހަށް ދޭ ސައިބޯން ......... އަހަރެންވެސް މިދަނީ ސައިބޯންވެގެން ........ "
" ކޮބާ ހީވެ . ރައީން ބުނާނެ ކުރިން ހޭލާވާހަކަ ......ތިވީ ހަމަ އަހަންނެކޭ އެއްވަރެއްނު ......... ތިއުޅެނީ އަދި ސައިވެސް ނުބޮވިގެން " ޝައުޝަން މަލާމާތް ކޮށްލިއެވެ.
" ބަންދުދުވަހެއްވީމަ ....... އެހާ އަވަހަށް ނުތެދުވީ ........ ނަމާދު ކޮށްލައިގެން ނޭ އަހަރެން އޮށޯތީ "
" އަހަރެންވެސް ނަމާދުކުރަން ތެދުވެފައޭ އޮންނަނީ " ޝައުޝަން ވެސް ހުރީ ދޫކުރާ ގޮތަކަށެއް ނޫނެވެ.
" އާނ ދެން އޯކޭ ............. އަހަރެން ބަނޑުހައިވެގެން ހަލާކުވެދާނެ ......ލަވް ޔޫ "
" އާނ އޯކޭ ........ ލަވްޔޫ ޓޫ " ފޯނު ބޭއްވުމަށްފަހު ނަލަވެލުމަށް ޝައުޝަން ވަނީ ފާޚާނާ އަށެވެ. ރައީން ކޮޓަރިން ނުކުމެގެން މަންމަ ކައިރިއަށް ބަދިގެ ފަރާތައް ދިޔައީ ސައިބޯންވެގެންނެވެ.
" ދަރިފުޅާ ......ފިރިމީހާގެ ބަސް އަހައިގެން ރަގަނޅަށް އުޅެވޭތޯ ބަލާއި .......... ދެން މަންމަމެން މިދަނީ " ރަޝީދާ ވަހަކަ ދެއްކީ މައިޝާއާއެެވެ. ރަޝިދާ އާއި ފަރުހާދު ، މައިޝާގެ ކައިވެންޏަށް އައުމަށްފަހު ، މިހާރު އެއުޅެނީ އެނބުރި ރަށަށް ދާށެވެ.
" މަންމާ.... އަހަރެން ރަގަނޅަަށްށޭ އުޅޭނީ ... މަންމަ ދެރަނުވެބަލަ " މަންމަގެ ލޮލުން އަންނަމުންދިޔަ ކަރުނަތަށް މައިޝާ ފުހެލަދިނެވެ.
" ތެދެން .ރަޝީދާ ދެރަނުވޭ ...ރަޝީދާ ދެރަވީމަ މައިޝާވެސް އެހުރީ ދެރަވެފައި ..... ދަރިފުޅާ މައިޝާ ރަގަނޅަށް އަފްލަޙް ބުނާގޮތް ހަދައިގެން އުޅޭތި " ފަރުހާދު ނަޞޭހަތްތެރިވިއެވެ.
" ދަރިފުޅާ އަފްލަޙް އަހަރެންމެންގެ މައިޝާ ރަގަނޅަށް ބަލާތި ..އޭނާއަށް ހެޔޮކޮށް ހިތާތި ......... ބައްޕަމެން ދެން މިދަނީ " މައިޝާ އާއި އަފްލަޙް އާއި ދެކުދިންނާއި އެންމެފަހުގެ ސަލާމް ކުރުމަށްފަހު ރައިޝާދާއާއި ފަރުހާދު އެމީހުން ރަށަށް ދިއުމަށް ދޯންޏަށް އެރިއެވެ.

ފަރުހާދުމެންގެ ދެމަފިރިން ދޯންޏަށް އެރުމާއެކު ، ދޯނި ސްޓާޓް ކޮށްލިއެވެ. މައިޝާމެން ދެމަފިރިން އެންމެފަހުގެ ވަދާއިސަލާމަށް އަތް އުފުލާލިއެވެ. ޖަވާބުގައި މައިޝާގެ މައިންބވަފައިންވެސް އަތް އުފުލާލިއެވެ. ދޯނި ނެރުން ނިކުމެ ލޮލުކޮޅަށް އޮބާލަންދެން މައިޝާމެް ދެމަފިރިން އަތިރި މަތީގައި ތިބުމަށްފަހު އެއްގަމާ ދިމާއަށް ހިނގައިގަތެވެ.
" ޗުއްޓީވެސް މިހާރު ނިމެނީ........... މާލެ ދާން އުޅެންވީ ދޯ .." މައިޝާގެ އަތުގައި ހިފާލައިގެން އެއްގަމާއި ދިމާއަށް ހިނގަމުންދިޔަ އަފްލަޙް ވާހަކަ ދެއްކިއެވެ.
" ހޫނ.... އޭރުން ކުއްޔަށް ތަނެއް ހޯދޭނީވެސް ...ކޮންއިރަކު މާލެ ދާން ހަދާނީ " މައިޝާ އެހިއެވެ.
" އަންނަ ހަފްތާއިން ............ މައިޝާ މާލެ ދާހިތް ވޭތަ "
" ނޫނޭ ......އަފްލަޙްގެ މަންމަ ކައިރީ ހުންނަހިތް ބޮޑަށް ވަނީ "
" އެހެންވީއިރު .. މައިޝާ ހުންނަންވިނު ރަށުގައިދޯ ..އޭރުން ކުއްޔަށް ތަނެއް ހޯދާކަށްވެސް ނުުޖެހޭނެ........ މާލޭގައި ކުއްޔަށް ހިފައިގެން ހުރުމަކީވެސް ހާދަ ހަރަދު ބޮޑު ކަމެކޭ " އަފްލަޙް މައިޝާއަށް ބަލާލަމުން މިހެން ބުނުމުން މައިޝާ ގެ މޫނަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ.
" އަހަރެން އަބަދުވެސްް ބޭނުމީ އަފްލަޙްގެ ކައިރީގައި ހުންނަން.......... އަހަރެން ނުލައި އަފްލަޙަކަށް ނުދެވޭނެ މާލެއަކަށް " މައިޝާގެ އަޑުގައި ވަނީ ނުރުހުމުގެ އަސަރެވެ.
" ހާދަވަރެއް ތިއަރުުވާލީ ..އެއީ އަހަރެން ސަމާސާއަކާށް ބުނިއެއްޗެކޭ .. ދެން އަހަންނެއްވެސް މައި ނުލައެއްް ނުދާނެއެއްނުދޯ " މައިޝާގެ ކޮލުގައި ހިފާލަމުން އަފްލަޙް ހިނިތުންވެލިއެވެ.
" އެކްސް ކިއުޒްމީ .............. ރައީން " ރައީންގެ ފަހަތުން މީހަކު ގޮވާލުމުން ފަހަތް ބަލާލިއިރު ، ފުރަގަހުގަ ހުރީ ޝާއިން އެވެ.

" ކިހިނެއްވީއޭ ......" ރައީން އަހައިލިއެވެ.
" އަހަރެންބުނީ ...... މީ.........މީ ކަލެއަށް އެނގޭތަ ...މައިޝާ ނަންބަރު" ރައީންގެ ފަރާތުން މައިޝާގެ ނަންބަރު ލިބިދާނެ ކަމަށް ޝާއިން ބުންޏެވެ.
" މިހާރު މައިޝާ މީހަކާވެސް އިނދެފިއެއްނު .......ދެން ކަލޭ ކީއްކުރާކަށް މައިޝާގެ ނަންބަރު ތި ހޯދަނީ "
" އެއީ .....އެނގެއެއްނު ފައިހާ ....މައިޝާގެ ކްލާސް މޭޓެއް އެއީ ............އޭނަ ބުނެގެން .ޕްލީޒް ނެތްތަ ދެވޭކަށް .........ކޮންގްރާ ކިޔަންވެގެންް އޭނަ ބުނީއްޔޭ ހޯދައިދޭށޭ " ޝާއިން އޮޅުވާލިއެވެ. ރައީންއަކަށް އެކަމެއް ނޭންގެއެވެ. އޭނަހިތަށްއެރީ ހަމަ އަސްލުވެސް އެކުއްޖަކު މައިޝާގެ ނަންބަރު ބޭނުންވެގެން އުޅެނީކަމަށެވެ.
" އާނ ..އޮންނާނެހެން ހީވަނީ މިބަލާނަނީ " ރައީން ޖީބުންް ފޯނުނަގައި މައިޝާގެ ނަންބަރު ސާޗް ކޮށްލަމުން ބުންޏެވެ.
ރައީންގެ ފޯނަށް ޝައުޝަން ގުޅީ އެވަގުތުއެވެ.

" ހަލޯ .ކީކޭ ލޯބީ " ޝައުޝަންގެ ކޯލެއްކަމުން އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެފައި ، ރައީން އެއްފަރާތަކަށް ޖެހިލިއެވެ.
" އަހަރެން ބުނީ ...... މައިޝާ ގުޅާފަ ބުނީ އޭނާގެ ނަންބަރު އެއްވެސް މީހަކަށް ނުދޭށޯ ........ އެހެންވެ އަވަހަށް ރައީނަށް ވެސް މިގުޅީ .........ފަހަރުގަ ....ރައީން ދީވެސް ފާނެއްނުދޯ؟ " ޝައުޝަން ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ.
- ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :


meena

ވަރަށް ހަބޭސް