ލެވިސްޓާ ފުޓުސެލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އާދީއްތަޢަށް

ހިތާދޫ އޮންލައިން | 06 އޭޕްރީލް 2019





އޭދަފުށީ ދާއިރާގެ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ “ލެވިސްޓާ ފުޓްސަލް ކަޕް”ގައި ބައިވެރި ވުމުގެ މުއްދަތު 8 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އަންނަ ހަފްތާ ބަންދުގައި އޭދަފުށީގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8 މޮޓޯސައިކަލް ހުށަހަޅާފައިވާއިރު މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެއް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ރަނާއަޕް އަދި ތިންވަނަ ޓީމަށް އިނާމުގެ ގޮތުގައި 16 ބައިސްކަލް ލިބޭނެ އެވެ.

މިއީ 378،600ރުފިޔާގެ އަގުހުރި އިނާމެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ މިއަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން އަންނަ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ލިސްޓް ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޭދަފުށިން ގުޅާނީ 9993061، ހިތާދޫން 9721200 އަދި މާޅޮހުން 9907875 ނަންބަރު ފޯނާ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :