ލެވިސްތާ ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވަނީ

ހިތާދޫ އޮންލައިން | 04 އޭޕްރީލް 2019





އޭދަފުށީ ދާއިރާގެ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ “ލެވިސްތާ ފުޓްސަލް ކަޕް” ގައި ބައިވެރިވުމުގެ މުއްދަތު މާދަމާ 12 ޖަހާއިރު ހަމަވާނެއެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އިނާމުތަކަކާއެކު އޭދަފުށީ ދާއރާގެ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުލިބޭ އިރު ރަނަރއަޕް ޓީމަށް 15000 ރުފިޔާ އަދި ތިންވަނަ ޓީމަށް 10000ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މުޅި މުބާރާތުގެ ފެއަޔ ޕްލޭ އަށާ އެންމެ މޮޅު ކުޅުންތެރިޔާ ގެ އިތުރުން މުބާރާތުގެ އެންމެ ރިވެތި ކުޅުންތެރިޔާއަށް ވެސް އިނާމު ކަނޑައަޅާފައެވެ. މިއިން ކޮންމެ ކުޅުންތެރިއަކަށްވެސް 5000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން މިއަދުގެ 12:00 ގެ ކުރިން ލިސްޓް ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޭދަފުށިން ގުޅާނީ 9993061، ހިތާދޫން 9721200 އަދި މާޅޮހުން 9907875 ނަންބަރު ފޯނާ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :