ހުޅުމީދޫގައި ފެށި ފުޓްސަލް ކޯޗިންގ ކޭމްޕްގެ ތެރެއިން - ފޮޓޯ: ޕޮލިސް

ބ. އަތޮޅު ހަތަރު ރަށެއްގައި ފުޓުސެލް ދަނޑު އަޅަނީ

ހިތާދޫ އޮންލައިން | 28 މާރޗު 2019





ޗައިނާ ސަރުކާރުން ދިން އެހީއެއްގެ ދަށުން ބ. އަތޮޅުގެ ހަތަރު ރަށެއްގައި ޓާފް ފުޓްސަލް ދަނޑު އަޅަން ނިންމައިފިއެވެ.

ފުޓްސަލް ދަނޑު އެޅުމަށް ނިންމާފައި ވަނީ ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، ހިމެނޭ ގޮތުން 21 ރަށެއްގައެވެ. އެރަށްތަކަކީ ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ ، ށ. ނޫމަރާ، ނ. ހެނބަދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމް، ރ. ފައިނު، ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ދ. ރިނބިދޫ، ތ. ބުރުނި، ތ. ވަންދޫ އަދި ލ. މުންޑޫއެވެ.

ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ މީގެ ކުރިން ފުޓްސަލް ދަނޑުތައް އިމާރާތް ކުރެވިފައި ހުރީ އާބާދީ ބޮޑެތި ރަށްރަށުގައި އެކަނި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ.

އަދި އެ ޕްރޮޖެކްޓު ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާފައިވާ ކަމަށާއި އެގޮތުން މާދަމާ އިން ފެށިގެން ސާމާނުތައް ރަށްރަށަށް ފޮނުވައި ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށާނެ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުން އެފްއޭއެމްއާ ހަވާލުކޮށްފައިވާ ދަނޑުތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް މިއަދު އެފްއޭއެމްއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ވަނީ ބ. ހިތާދޫގައި ފުޓުސެލް ދަނޑެއް އެޅުމިގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ރައީސް ޔާމީނުގެ ކެމްޕޭނާ ދިމާކޮށް ދަނޑު ބޮޑު ކުރަން ކަމަށް ބުނެ ޕީޕީއެމް ކެމްޕޭން ޓީމުގެ ޒުވާނުންތަކެއް ނުކުމެ ދަނޑު ވަނީ ހަލާކު ކޮށްލާފައެވެ.

މިއަދާ ހަމައަށް އެއްވެސް ކަމެއް ނުފެށިވާއިރު މިސަރުކާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވީ މިސަރުކާރު ހަވާލުވި އިރު ދަނޑު ހެދުމަށްކަމަށް ބުނެ 56 މިލިއަން ރުފިޔާ މިނިސްޓްރީން ބޭރު ކޮށްފައިވާކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :