ވިލާ ރޯޔަލުގައި ހަދާފައި ބަހައްޓާފައިވާ ބުދެއް ފޯޓޯ - މީސްމީޑިއާ

ކޮންމެ އިންތިޚާބަކަށް ފައްޅި އަޅާ- ފެންނާކަށް ނުހުރޭ!؟

ހިތާދޫ އޮންލައިން | 26 މާރޗު 2019

މިއީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް އިވޭ އަޑުތަކެވެ. އެމްޑީޕީ އަކީ ލާދީނީ ބައެކޭ އެމީހުންނަށް ވެރިކަން ދީފިނަމަ އިސްލާމް ދީނެއް ނޯންނާނެއެވެ. މިގައުމުން އިސްލާމް ދީން ފުހެވިގެން ދާނެއޭ ފައްޅި އަޅާނެއެވެ.

އަންނަމަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ކެމްޕޭން ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި އަނެއްކާވެސް ދީނޭ ފައްޅިއޭ ކިޔައި އަޑު ފަތުރަން ފަށައިފިއެވެ.

އެމަނިކުފާނުގެ ރީޒޯޓެއްގައި ބަހައްޓާފައިވާ ބުދުގެ ފޮޓޯ މީސްމީޑިއާގައި ދައުރުވަމުންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު މަހުޖަނު ސޭޓު ޤާސީމް އިބްރާހިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަނުން ވިދާޚުވީ އެމްޑީޕީގެ ކެމްޕޭން ސްލޯގަން "އެޖެންޑާ 19" އަށް ވޯޓު ދީފިނަމަ ފައްޅި އަޅާނެކަމަށްވެ.

މިއީ ކޮންމެ އިންތިޚާބެއްގައިވެސް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައެވެ. ނަމަވެސް މިއިން ކަމެއް ނުފެނެއެވެ. ރިޔާސީ އިންތިޚާބުގައި އެމީހުން ގޮވީ އެމްޑީޕީއަށް ވެރިކަން ދީފިނަމަ އިސްލާމް ދީން ފޮހެވޭނެ ކަމަށރވެ. ވެިކަން ކުރަނީ މިހާރު އެމްޑީޕީންނެވެ. އެބުނާ އިސްލާމްދީން ފޮހެވިގެން ނުދެއެވެ. ދީން ބަދަލުކުރި މީހަކުވެސް ނެތެވެ. އިވޭ ޚުތުބާވެސް ކުރިއަށްވުރެ ދީނީވަންތައެވެ.

2013 ވަނަ އަހަރުވެސް މިއަޑުތަށް އިވުނެވެ. ނަމަވެސް އެމީހުންނަށް ވެރިކަން ލިބުމުން ދީނީ ކަންކަން ދިޔައީ ފަހަތަށެވެ. ކުރަންފެށީ ފުރައްސާރައެވެ. ދީނީ ޢިލްމުވެރިންގެ ދޫތަށް ބަންދުކުރިއެވެ. ދިވެހިންނަކީ ﷲގެ ދެނަނަ ދަރިންނޫންކަމަށް ވިދާޅުވެ ރައީސް ކުފުރުބަސް ވިދާޅުވި އިރު މިނިވަން ކަމެއްނެތިގެން ބަސްބުނަން ޢިލްމުވެރިން ފަސްޖެހުނެވެ. ހުރަގެއަށްލާ އުލުބައިންދާނެތީއެވެ.

އެމްޑީޕީ ވެރިކަމުގައި ދީނީ ޢިލްމު ވެރިންނަށް މިނިވަންކަން ލިބެއެވެ. ދީނުގައި އޮތްގޮތް ބުނެދިނުމުން ހުރަގެއަށްލާ އަނިޔާއެއް ނުކުރެއެވެ. ވެރިމީހާ ކުރާކަންކަމާށްވެސް ފާޑުކިޔެއެވެ. ދުވަހަކުވެސް ފައްޅި އެޅިތަނެއް ނުފެނެއެވެ.

މިއަދު ލާދީނީއޭ ބިކިނީއޭ މިބައިމީހުން ކިޔަނީ ކީއްވެކަން ބަލަންޖެހެއެވެ. މިކަމުގެ އަޑީގައި ފޮރުވިފައިވާ ނުބައި ރޭވުމާމެދު އެންމެހާ ރައްޔިތުން ވިސްނާށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ހުސެއިން

ބަލަ ޝައިތާނާވެސް ނަމާދު ކުރާ މީހަކު ކައިރި ފުރަތަމަ ނުބުނާނެ ނަމާދު ނުކުރާކަށް...އޭނާ ހިތް އެދޭ އެހެން ކަންކަމުން އޭނާ މަގުފުރައްދަމުން ގޮސް އެންމެ ފަހުން ނަމާދު އަޅާ މީހަކަށް ވާނީ...މިފަދަ އިސްލާމީ ޤައުމެއްގައި އިސްލާމް ކަން ނަގައިލަން ފައްޅި އެއް ނާޅާނެ އެއްފަހަރުން...އޭގެ ބަދަލުގައި މީހުންގެ ސިކުނޑިތައް ދޮންނާނީ ފުރަތަމަ އެހެންކަހަލަ ޝަހުވަތްތައްް އާއްމުކޮށްގެން...ދެން މިކޮމެންޓް މީހަކަށް ވިސްނިދާނެތީ ނުޖަހާތި...އެއީ ޒިންމާދާރު ނޫސްވެރިކަން އެނގޭ...