ނާއިބު ރައީސް ފައިސަލް ނަސީމް

އެންމެ ގިނައިން ޓެކްސް ދައްކާ އަތޮޅު އޮތީ ތަރައްޤީނުވެ – ނާއިބު ރައީސް

ހިތާދޫ އޮންލައިން | 21 މާރޗު 2019





ބ. އަތޮޅަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅުނަމަވެސް، ބ. އަތޮޅަށް އެކަށީގެންވާ ތަރައްޤީ އައިސްފައި ނުވާކަމަށް ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާއަށް ވާދަ ކުރައްވާ އަލީ ހުސައިނަށް ކެމްޕެއިން ކުރެއްވުމަށް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ވައްދާ އަތޮޅަކީ ބ. އަތޮޅު ނަމަވެސް، މިއަތޮޅުގެ ގިނަރަށްރަށުގެ ބަނދަރުތައް ހުރީ ހަލާކުވެފައިކަމަށާ ފެނާއި ނަރުދަމާ ބޭނުންވާ ރަށްތައް އަދިވެސް އެބަހުރި ކަމަށެވެ.

“ﷲ އިރާދަކުރެއްވީޔާ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ދާނީ ކުރަމުން. ތައުލީމީ ސިޔާސަތު ވަރުގަދަކޮށް، ސިއްޙީ ޚިދުމަތް ފުޅާކޮށް ރައްޔިތުންނަށް ދިމާވެފައިވާ ފެނާ ނަރުދަމާ މަސައްކަތްފަދަ އަސާސީ ކަންކަން ހައްލު ކުރެވެމުންދާނެ. މިކަން ކަމަކީ ކުރަންޖެހޭ ކަންތައްތައް. މި ރަށްރަށަށް އެރުމުން ރައްޔިތުން އުޅޭ ހާލަތު ފެނިގެންދޭ، ބަނދަރުތައް ހަލާކުވެފަ ހުންނަ ވާހަކަ ކުރިން އިވެނީ މީހުން ބުނާއެއްޗެއް. މިހާރު އެބަފެނޭ ރައްޔިތުން ޝަކުވާ ކުރަނީ ކިހިނެވެގެންކަން.” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ސަރުކާރުން ހައްލުކޮށްދޭނީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ހޯދައިދީގެންނެވެ. އެގޮތުން ކައުންސިލުތަކަށް ޤާނޫނީ ބާރުވެރިކަންދީ، އަތޮޅުތަކުން ދައުލަތަށް ލިބޭ ޓެކްސް ފައިސާގެ ބައެއް ކައުންސިލްތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :