ކިހާދޫ އަށް ގެނައި އިންޖީނު ބާލަނީ. ފޮޓޯ - ފަޔާޒު

ބ.ކިހާދޫއަށް އަނެއްކާވެސް ޖަނަރޭޓަރ އެއް ގެނެސްފި!

އަޙްމަދު ފަޔާޒު/ ކިހާދޫ | 18 މާރޗު 2019





ކިހާދޫއިން އިރުއިރުކޮޅުން ކަރަންޓް ކެޑެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި ރާއްޖޭގެ އުތުރުގެ ރަށެއްގައި ހުރި 80 ކިލޯ ވޯޓްގެ ޖަނަރޭޓަރ އެއް ކިހާދޫއަށް އިއްޔެގެ ވަގުތެއްގައި ގެނެސްފިއެވެ.

މިހާރަކަށްއައިސް ކިހާދުއަށް މިހާރު ދިމާވަމުންމިދާ ކަރަންޓް ކެޑުމުގެ މައްސަލައަށް ވަގުތީ ހައްލެއް އަނެއްކާވެސް ދުވަސްކޮޅަކަށް ހައްލުވެގެން ދާނެކަމަށް ލަފާކުރެވެއެވެ.

އެހެނީ ވޭތުވެދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އޭރުގެ ސަރުކާރުންވެސް ޕިންކް ރަޖާ އަޅުވައިގެން ބްރޭންޑް ނިއު ޖަނަރޭޓަރެއް ކިހާދޫއަށް ގެނައެވެ. އިންތިހާބު ނިމި މިއަހަރު ފެށެންވާއިރަށް އެއަށް ޖެހެން ފެށިބަލިތަށް އަދިވެސް އުޅެނީ ފެނަކައިގެ އެންމެ މަތީ އިންޖީނިއަރުންނަށްވެސް ދެނެނުގަނެވިގެންނެވެ.

ކިހާދޫއިން ދޭތެރެދޭތެރެއިން ކަރަންޓްކެޑެމުން ދާތާމިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެދާނެކަމަށް އެރަށު މީހުން ބުނެއެވެ.

ދާއިމީ ހައްލެއް ނުލިބި ކޮންމެ ފަހަރަކުވެސް ވަގުތީ ގޮތުން ހައްލު ކޮށްލައިގެން ފުއްދާލަނީއެވެ. އެގޮތުން މިހާރު ކިހާދޫ އިންޖީނުގައި ޖަނަރޭޓަރ ހުރިއަދަދު ނޭގެއެވެ. ފެނަކައިގެ ސަރަހައްދީ ގުދަނެތްގެ ގޮތުގައި ރައްޔިތުން ކިހާދޫ އިންޖީނުގެ ސިފަކުރާ ދަރަޖައަށް އެރަށުގައި އިންޖީނު އެބަހުއްޓެވެ. ހައްތަހާވެސް ތަންތަނުން ނަގާފައި ހުރި ބާ ޖަނަރޭޓަރ ތަކާއި ބޭނުންނުކުރެވެ ވަރުގެ ކުދި ޖަނަރޭޓަރ ތަކެވެ.

އިއްޔެ މިގެނައި ޖަނަރޭޓަރުގެ ހާލަތެއްވެސް ރައްޔިތުންނަށް އެގިގެންދާނީ އޭގެ ހިދުމަތް ހައްޔިތުންނަށް ލިބެންފެށީމައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :