އާސަންދަ ލަސްވާތީ އަމިއްލަ ލޯންޗެއްގައި އަހްމަދު މާލެ ގެންދަނީ. ފައިލް ފޮޓޯ - ހިތާދޫ އޮންލައިން

ގަހުން ވެއްޓި އަނިޔާވި އަހްމަދު އަދިވެސް އޮތީ އައިސީޔޫގައި!

ޢާމިރު ޢަބްދުއްލަޠީފު | 18 މާރޗު 2019

ހުސްވި ހަފުތާގެ އަންގާރަ ދުވަހު ބ. ހިތާދޫގައި އަނބު ބިންނަން ގަހަކަށް އަރައި އުޅެނިކޮށް ވެއްޓި އަނިޔާވި ބ. ހިތާދޫ މަލަސް އަހްމަދު ހުސައިން އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަކަމަށް އާއިލާއިން ބުނެފިއެވެ.

ޑޮކްޓަރުންނާ ހަވާލަދީ އާއިލާއިން ބުނީ މިހާރު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަވެއްޖެކަމަށާއި އިތުރު އޮޕަރޭޝަންތަކެއް ކުރަންޖޭކަމަށެވެ.

"ޑޮކްޓަރ ބުނީ އަދިވެސް ދެތިން ދުވަހު އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހިދާނެކަމަށް.. މިހާރު ސްޓޭބަލް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަނީ "

މަންޒަރު ދުއްމީހަކު ބުނީ އަހްމަދު ގަހުނަ ވެއްޓުނީ ގަހުގެ ގޮފިގަނޑު ބިންދައިގެން ދިޔުމުންކަމަށާއި އޭނާ ވެއްޓި ޖުހުނީ އެގަސް ދަށުގައި ހަދާފައި ހުރި ޖަނޝަނެއްގެ މައްޗަށް ކަމަށެވެ.

އަހްމަދު ހުސެއިން އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :