ގަހަކުން ވެއްޓި ބ. ހިތާދޫ މީހަކު ހާލު ސީރިއަސްވެ އައިސީޔޫގައި

ޢާމިރު ޢަބްދުއްލަޠީފު | 12 މާރޗު 2019





އަނބު ބިންނަން ގަހަކަށް އެރި ބ. ހިތާދޫގެ މީހަކު ގަހުން ވެއްޓި ހާލު ސީރިއަސްވެ އައިސީޔޫގައި އެޑްމިޓު ކޮށްފިއެވެ.

މިއަދު މެންދުރު ފަހު ބ. ހިތާދޫގައި ހިނގި މިހާދިޘާގައި ގަހުން ވެއްޓި އަނިޔާވީ މަލަސް އަޙްމަދު ޙުސައިނަށެވެ.

މަންޒަރު ދުއްމީހަކު ބުނީ އަހްމަދު ގަހުނަ ވެއްޓުނީ ގަހުގެ ގޮފިގަނޑު ބިންދައިގެން ދިޔުމުންކަމަށާއި އޭނާ ވެއްޓި ޖުހުނީ އެގަސް ދަށުގައި ހަދާފައި ހުރި ޖަނޝަނެއްގެ މައްޗަށް ކަމަށެވެ.

" އޭނާ ވެއްޓުނީ ޖަންޝަން މައްޗަށް . ބަންޑުން ޖެހުނީ.. މޫނުމައްޗާއި އެއްއަރިމަތިން އަތާއިކޮނޑު ޖެހުނީ ވަރަށް ގިނައިން ލޭއައި. އަދި އަނގައިން ފޮނުވެސް އައި " އޭނާ ބުންޏެވެ.

ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނީ ހާލު ސީރިއަސްކަމަށާއި އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ.

" ޑޮކްޓަރުން ބުނީ އަތް ބިންދައިގެން ގޮސްފައިވާކަމަށް. އުނނަގަނޑުގައި ރެނދު އަޅާފައިވާކަމަށްވެސް ޑޮކްޓަރު ބުނި. ނަސީބަކުން ސިކުނޑިއަށް ކަމެއްވެފައި ނެތް " އަޙްމަދު ޙުސައިންގެ އާއިލާއިން ބުންޏެވެ.

ހިތާދޫ އޮންއިން އާއި ރައްޔިތުން އެދެނީ އަޙްމަދު ޙުސައިންނަށް އަވަސް ޝިފާއެއް ދެއްވުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ޝަމްހާ

އަވަސްޝިފާއަކަށް އެދެން

މަރްޔަމް

އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން.