ބ. މާޅޮސް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހިތާދޫ އޮންލައިން | 11 މާރޗު 2019

“ލެޓްސް ކްލީން”ގެ ނަމުގައި ބ. މާޅޮސް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މާޅޮހުގެ ދެ ޒުވާނުން ކަމަށްވާ ސާފީ ހަސަން އާއި މުހއްމަދު ރިޔާޒުގެ ޚިޔާލަށް މި ހަރަކާތް އިންތިޒާމުކުރީ އެރަށު ބެޓެރީ ކަންމަތި (ބީކޭ) އިންނެވެ.

މި ހަރަކާތަށް އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މާރެސް އާއި މާޅޮހު ސްކޫލާއި ކައުންސިލް އިދާރާއާއި މޯލްޑިވާ ޑައިވިން ސެންޓަރުގެ އިތުރުން ތުޅާދޫ އަލްވި ސްޓާ ގެސްޓްހައުސް އާއި މާޅޮހުގައި މިވަގުތު ހުރި ހުރިހާ ގެސްޓް ހައުސްތަކުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ބީކޭ އިން ބުންޏެވެ.

މާޅޮހު ބީކޭ އިން ބުނިގޮތުގައި މިއީ އެރަށަކީ ލޯކަލް ޓޫރިޒަމް ތަޢާރަފްވަމުން އަންނަ ރަށަކަށްވާތީ، ރަށް ރީތިކޮށް ބޭއްވުމުގެ މަގުސަދުގައި ފެށި ސިލްސިލާ ޕްރޮގްރާމެކެވެ. އަދި ރަށަށް އަންނަ ފަތުރުވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ވެސް މޫދަށް އެރޭތީ، ގޮނޑުދޮށާއި މޫދު ސާފުކޮށް ބޭއްވުމަކީ މި ޕްރޮގްރާމުގެ މަގުސަދެއްކަމަށް ބީކޭ އިން ބުންޏެވެ.

އެގޮތުން ބޭއްވި ފުރަތަމަ ޕްރޮގްރާމުގައި 150އަށް ވުރެ ގިނަ ބަސްތާގެ ކުނި ވަނީ ޖަމާކޮށްފައެވެ.

ބީކޭ ިން ބުނީ ފުރަތަމަ ފަހަރާއި އަޅާބަލާ އިރު، މި ޕްރޮގްރާމަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ކޮންމެ އަހަރަކުވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ރަށް ސާފުތާހިރުތަނެއްގެ ގޮތުގައި ބޭއްވުމަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ބިލް ބޯޑުތައް ވެސް ވަނީ ހަރުކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :