މާރެސް ވޮލީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ހިތާދޫ އޮންލައިން | 06 މާރޗު 2019

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާރެސް ޖަމިއްޔާއިން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވާ ބ.އަތޮޅުގެ ރަށްތަކުން މިމަހުގެ 20ގެ ކުރިން އެ ޖަމިއްޔާއަށް ހުށަހަޅަން ޖެހެއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވެސް ހިމެނޭގޮތައް ކުރިއަށް ގެންދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗްތައް ކުރިއަށްދާނީ އަންހެން ޑިވިޝަންގެ މެޗުތަކަށް ފަހުއެވެ.

މިމުބާރާތަކީ ބ. އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުސަތުހޯދައި ދިނުމާއި، ކުޅުންތެރިންގެ ހުނަރު ރަނގަކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވަނީ ވާދަކޮށްފަ އެވެ. އެގޮތުން ފިރިހެން އަދި އަންހެން ޑިވިސަންގެ ފައިނަލްގައި މާޅޮސް ބަލިކޮށް 2 ޑިވިސަންގެ ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ގޮއިދޫ ޓީމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :