މުރުތަލާ ދަ ގްރާންޑޭއަށް ސޮއިކުރުމުގެ ރަސްމީޔަތުގެ ތެރެއިން. ފޮޓޯ ދަ ގްރާންޑޭ

މުރުތަލާ ދަ ގްރާންޑޭ އަށް ސޮއިކޮށްފި

އަޙްސަން އަޙްމަދު | 26 ފެބުރުއަރީ 2019





ޒުވާން ޑިފެންޑަރ މުރުތަލާ އަދުނާން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަ މުރޫ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.

ބ. ހިތާދުއަށް އުފަން މުރުތަލާ، ވޭތުވެދިޔަ ހަތަރު އަހަރުވެސް ފެނިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. އުމުރުން 24 އަހަރުގެ ޑިފެންޑަރު ޓީސީގެ ޖޯޒީގައި އުންމީދީ ކުޅުމެއް ދައްކާފައި ވާއިރު، 2017 ވަނަ އަހަރުގެ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް މުބާރާތް ޓީސީއިން ކާމިޔާބުކުރިއިރު އޭނާ ވަނީ ޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިންގައި ޓީސީއިން ކުޅުނު ހަތަރު މެޗުގައި ވެސް މުރުތަލާ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފައިވާ މުރުތަލާ ވަނީ 2016 ވަނަ އަހަރު އިންޑިޔާގައި އޮތް ސައުތު އޭޝިޔަން ގޭމްގްގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމަށް ކުޅެފައެވެ.

އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިންމަ ދަ ގްރާންޑޭއާގެ ކޯޗު ކަމާ ހަވާލުވިއިރު އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން ވަނީ ތަޖުރިބާކާރު ޑިފެންޑަރ މުހައްމަދު ރަޝީދު (ހޮކޭ) އަދި އިންމަގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ސީޒަނުގައި މާޒިޔާއަށް ކުޅުނު ޔަސްފާދު ހަބީބް (މުލަކޭ) ގެ ސޮއި ވެސް ހޯދާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :