މަޖިލިސް އިންތިޚާބު: ބ.އަތޮޅުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 10334 މީހުން

އަޙްސަން އަޙްމަދު | 10 ފެބުރުއަރީ 2019





މިއަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބ.އަތޮޅުން ވޯޓު ލުމުގެ ހައްޤު ލިބިފައި ވަނީ ޖުމުލަ 10334 މީހުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ލިސްޓުން ދައްކައިފިއެވެ.

ބ.އަތޮޅުގައި ތިން ދާއިރާ އޮންނައިރު އޭދަފުށި ދާއިރާ ގައި ވޯޓް ލުމުގެ ހައްޤު ލިބިފައިވާ 3882 މީހުންތިބިއިރު ތުޅާދޫ ދާއިރާގައި 3223 މީހުން އަދި ކެންދޫ ދާއިރާގައި 3229 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.

ތުޅާދޫ ދާއިރާގައި ތުޅާދޫގައި 2192 މީހުން ، ގޮއިދޫގައި 588 މީހުން ފެހެންދޫގައި 203 މީހުން އަދި ފުޅަދޫ ގައި 240 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.

އޭދަފުށި ދާއިރާގައި އޭދަފުށީގައި 2436 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ. ހިތާދޫގައި 974 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައި ވާއިރު މާޅޮހުގައި 472 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.

ކެންދޫ ދާއިރާގައި ކެންދޫގައި 889 މީހުން، ދަރަވަންދޫގައި 829 މީހުން، ކުޑަރިކިލު ގައި 440 މީހުން، ކަމަދޫގައި 352 މީހުން ، ކިހާދޫގައި 326 މީހުން އަދި ދޮންފަނުގައި 393 މީހުންނަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވެއެވެ.


މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. މަޖިލީހުގެ 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :