ބ. މާޅޮހުގައި ޕްލާސްޓިކް ފުޅިން ހަދާފައި ހުރި ބިތެއް. ފޮޓޯ- ހިތާދޫ އޮންލައިން

ދަރަވަންދޫ ކިހާދޫ މާޅޮސް ކުނި ނައްތާލުމުގެ ގަރާރެއްގައި ސޮއިކޮށްފި

ހިތާދޫ އޮންލައިން | 10 ފެބުރުއަރީ 2019

ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް "ނަމޫނާ ބ. އަތޮޅު" ގެ ނަމުގައި ދަރަވަންދޫ ކިހާދޫ އަދި މާޅޮހުން ގަރާރެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ސޮއިކުރި ގަރާރަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ދެމެހެއްޓެނިވި އުސޫލުން ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރުމަށް ރަށު ކައުންސިލްތަކެއްގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.

މާޅޮސް، ދަރަވަންދޫ އަދި ކިހާދޫ ރަށު ކައުންސިލްތަކުގެ އިސްނެގުމުގެ މަތިން މި ގަރާރު އެކުލަވާލައި އެއްބަސްވެފައިވަނީ، ޖެނުއަރީ 5 އިން 8 އަށް ސޮނެވާފުށީގައި ކުނި ނައްތާލުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.

ހާމައަށް ކުނި އެންދުމަކީ އެކަމުގެ ސަބަބުން ސިއްހަތަށާއި، ތިމާވެއްޓަށް އަދި ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެހެންކަމުން މިތިން ރަށުގައި ހާމައަށް ކުނިއެންދުން ހުއްޓާލުމުގެގޮތުން "އީކޯ-ސެންޓްރޯ" ގާއިމް ކުރެވި މި ސެންޓަރުތަކުގައި އެރަށްރަށުން އުފައްދާ ކުނި ޖަމާކޮށް، ރީސައިކަލް ކުރުމާއި އަދި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ސޮނެވާފުށިން ބުނެއެވެ.

އީކޯ-ސެންޓްރޯގެ މޮޑެލް އެންމެ ފުރަތަމަ ގާއިމްކުރެވިފައިވަނީ ބ.މާޅޮސް ކައިރީގައި ހިންގާ ސޮނެވާފުށި ރިސޯޓުގައެވެ. ސޮނެވާފުށިން ވަނީ މި ސެންޓަރުތައް ގާއިމްކުރުމަށްޓަކައި "ސޮނެވާ ސޭވް އަވަރ ސީސް" ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. އެ ގޮތުން އެންމެ ފުރަތަމަ އީކޯ-ސެންޓްރޯ މާޅޮހުގައި ގާއިމްކުރެވިގެންދާނެ ކަމަށް ސޮނެވާފުށިން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :