ހުސްވި އަހަރު ފުލުހުންނަށް ހުށައެޅި މައްސަލަތައް މަދު- ޕޮލިސް

ހިތާދޫ އޮންލައިން | 10 ފެބުރުއަރީ 2019





މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2017 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކާ އަޅާބަލާއިރު 2018 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ.

އެގޮތުން 2017 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ޖުމްލަ 15535 މައްސަލަ ފުލުހުންނަށް ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ ޖުމްލަ 14811 މައްސަލައެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ފިޔަވައި ހުށަހަޅާފައިވާ އެހެން ހުރިހާ ބާވަތެއްގެ މައްސަލަތަކުގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މާރާމާރީގެ 754 މައްސަލަ މިދިޔަ އަހަރު ހުށަހަޅާ ފައިވާއިރު 2017 ވަނަ އަހަރު ހުށަހަޅާފައިވަނީ މާރާމާރީގެ 770 މައްސަލައެވެ. ވައްކަމުގެ 3503 މައްސަލަ 2017 ވަނަ އަހަރު ހުށަހަޅާ ފައިވާއިރު މިދިޔަ އަހަރު ހުށަހަޅާ ފައިވަނީ ވައްކަމުގެ 3270 މައްސަލައެވެ. ފުލުހުންނަށް ހުށަހަޅާފައިވާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ފޭރުމުގެ 662 މައްސަލަ 2017 ވަނަ އަހަރު ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރު ހުށަހަޅާ ފައިވަނީ ފޭރުމުގެ 537 މައްސަލައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު، 2017 ވަނަ އަހަރު 2036 މައްސަލަ ހުށަހަޅާ ފައިވާއިރު، 2017ވަނަ އަހަރު ހުށަހަޅާ ފައިވަނީ މަސްތުވާތަކެތީގެ 2230 މައްސަލައެވެ. 2017 ވަނަ އަހަރު ޓްރެފިކްގެ 2100 މައްސަލަ ހުށަހަޅާފައިވާއިރު 2018ވަނަ އަހަރު ހުށަހަޅާފައިވާ ޓްރެފިކްގެ މައްސަލަތައް މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން 2018 ވަނަ އަހަރު ހުށަހަޅާ ފައިވަނީ ޓްރެފިކްގެ 2007 މައްސަލައެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ ބަދުއަޚުލާޤީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 2017 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަ ތަކަށްވުރެ 2018 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތައް މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން 2017 ވަނަ އަހަރު ބަދުއަޚުލާޤީ 417 މައްސަލަ ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރު ހުށަހަޅާ ފައިވަނީ 360 މައްސަލައެވެ. ގެވެށި އަނިޔާގެ 280 މައްސަލަ 2017 ވަނަ އަހަރު ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރު ހުށަހަޅާ ފައިވަނީ ގެވެށި އަނިޔާގެ 240 މައްސަލައެވެ.

މުދަލަށް ގެއްލުން ދިނުމުގެ 455 މައްސަލަ 2017ވަނަ އަހަރު ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރު މައްސަލަ ހުޅަހެޅުނު މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މުދަލަށް ގެއްލުން ދިނުމުގެ 471 މައްސަލަ 2018 ވަނަ އަހަރު ހުށަހަޅާފައިވެއެވެ. ކައުންޓަރފީޓްގެ 86 މައްސަލަ 2017 ވަނަ އަހަރު ހުށަހަަޅާފައިވާއިރު 2018 ވަނަ އަހަރު ހުށަހަޅާފައިވަނީ 71 މައްސަލައެވެ.

މީގެއިތުރުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 518 މައްސަލަ 2017 ވަނަ އަހަރު ހުށަހަޅާ ފައިވާއިރު 2018 ވަނަ އަހަރު 516 މައްސަލަ ހުށަހަޅާފައިވެއެވެ. އެހެނިހެން މައްސަލަތަކުގެ ގޮތުގައި 4708 މައްސަލަ 2017 ވަަނަ އަހަރު ހުށަހަޅާފައިވާއިރު 2018 ވަނަ އަހަރު 4355 މައްސަލަ ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :