ފީނަން ގޮސް އުޅުނު ބ. ތުޅާދޫ ޒުވާނަކު މަރުވެއްޖެ!

ޢާމިރު ޢަބްދުއްލަޠީފު | 06 ފެބުރުއަރީ 2019

ބ. އެނބޫދޫ ކައިރީ އޮންނަ ރަންގަލި ފަރަށް ފީނަން ފައިބައިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ބ. ތުޅާދޫ ފޮނިލުނބޯގެ، އުމުރުން 20 އަހަރުގެ ޔާފިއު ހުސައިނެވެ.

އެމްއެންޑީއެފް އިން ބުނީ ބ. ތުޅާދޫ ފޮނިލުބޯގެ ޔާފިއު ހަސަން 20، މަރުވެފައި އޮއްވާ ފެނުނީ އޭނާ އިހި ނަގަން މޫދަށް ފޭބި ފަހުން ނުފެނިގެން ހޯދަމުން ދަނިކޮށް ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ޔާފިއު ގެއްލިފައިވާކަމުގެ މައުލޫމާތު އެފަރާތައް ލިބިފައިވަނީ މިއަދު މެންދުރުފަހު 3:47 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ކުރަން ފެށި ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޑީއެފްގެ އިތުރުން ޔުާފިއު ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިސޯޓުގެ ތިން ޑައިވަރުންނާއި ކޮކޯޕާމްގެ ޑައިވަރުކު މަސައްކަތް ކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ ޔާފިއުގެ ހަށިގަނޑު ފެނިފައިވަނީ 30 މީޓަރ އަޑިން ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :