ބ. އޮޅުގިރި

މާދަމާ އޮޅުގިރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި!

ޢާމިރު ޢަބްދުއްލަޠީފު | 14 ޖަނަވަރީ 2019





ގިނަ ދުވަސް ތަކަށްފަހު އޮޅުގިރިއަށް ދިޔުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ބ. ހިތާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

ހިތާދޫ ކައުންސިލުން ބުނީ މާދަމާ އޮޅަގިރިއަށް ދާން ބޭނުންވާ ފަރާތްތަކުން މިއަދު 14:00 ގެ ކުރިން އެ ކައުންސުލުގައި ނަންނޯޓު ކުމަށް އެދޭކަމަށާއި އައިޑީކާޑު ނަންބަރާއި ގުޅޭނެ ނަންބަރު ބޭނުންވާނެ ކަމަށެވެ.

ކައުންސިލުގެ ރައީސް ޢަބްދުލް ޢަޒީޒު މުޙައްމަދު ވިދާޅުވީ ބުރަމަސައްކަތަކަށް ފަހު އޮޅުގިރިއަށް ދިއުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް ކުރިއެކޭ އެއްގޮތަށް ދާއިމީކޮށް އެރަށް ބޭނުން ކުރުމުގެ ފުރުސާތު
ހުޅުވާލައްވާނެ ކަމަށެވެ.

"އީޕީއޭއިން ވަނީ ވަކި ގޮތްތަކަކަށް އެއްބަސްވެފައި.. މިއަދު ނޯޓުކުރާ ފަރާތްތަކާއި އެކު ބައްދަކުކޮށް ދާނެ ދުވަސްތަށް ކަނޑައަޅާނާން" ރައިސް ޢަބްދުލް ޢަޒީޒު މުޙައްމަދު ވިދާޅުވިއެވެ.

ބ. ޢޮޅުގިރި އަކީ ހިތާދޫގެ ހުޅަގުން އޮންނަ ހިމާޔަތް ކޮށްފައި ވާ ރަށެކެވެ. މިރަށުން ގެންނަ ފަނާއި ކާށިފަދަ ތަކެތިން ހިތާދޫއަށް ކޮންމެ މަހަކު ލައްކައެއްހާ ރުފިޔާ ވަދެއެވެ.

ކުރިން ބޭނުން ކުރަމުން އައި މިރަށަށް އެރުން މަނާ ކޮށްފައި އޮންނަތާ ގިނަދުވަސް ތަކެއްވަނީ ވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :