ސަލީމް ޕީއެންސީއަށް ސޮައި ކުރެއްވުމަށްފަހު ފޯމް ހަވާލުކުރައްވަނީ

ރެޑުވޭވް ސަލީމް ޕީއެންސީ އަށް ސޮއި ކޮށްފި!

ހިތާދޫ އޮންލައިން | 14 ޖަނަވަރީ 2019

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ޕީޕީއެމުން ވަކިވެ، އަލަށް އުފައްދާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ (ޕީއެންސީ) އަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްގެ ކުރީގެ އެކްޓިވިސްޓަކު ވިދާޅުވީ ސަލީމް ޕީޕީއެމުން ވަކިވުމަށްފަހު، ކުރީގެ ރައީސް ރައީސް އަބުދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައިވާ ކަމަށެވެ.

ސަލީމް ޕީއެންސީއާ ގުޅިވަޑައިގެންނެވިއިރު، އޭދަފުށީގައި ތިއްބެވި ރައީސް ޔާމީނަށް ތާއީދުކުރާ ޕީޕީއެމްގެ ގިނަ ބަޔަކު މިހާރު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.

ޕީއެންސީއަކީ ޔާމީން ހައްދަވާ ދެ ވަނަ ޕާޓީ އެވެ. ޑީއާރުޕީ އުފެދުމާ އެކު އެ ޕާޓީގައި ހުންނެވުމަށް ފަހު ޔާމީން އުފެއްދެވީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އެވެ. ޕީޕީއެމާ ގުޅިވަޑައިގަތީ އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު އެވެ. ޕީއޭ މިހާރު ވަނީ އުވާލައިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :