މޯލްޑިވިއަންގެ އެތެރޭގެ އުދުހުމުގެ އަގު ތިރި ކޮށްފި

ހިތާދޫ އޮންލައިން | 03 ޖަނަވަރީ 2019

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައްކުގެ އަގުތަށް ހެޔޮ ކޮށްފިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެޔޮކުރި އަގުތަކަށް އަމަލު ކުރަން ފަށާނެއެވެ.

މި ބަދަލާއެކު މާލެ އާއި ދަރަވަންދޫގެ ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 1,098ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު އެވެ.

ޓިކެޓްގެ އަގަށްގެނައި ބަދަލު
މާލެ – ގަން – މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ – ފުވައްމުލަށް – މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާ ދެމެދު
މާލެ – ހަނިމާދޫ – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާ ދެމެދު
މާލެ – އިފުރު – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
މާލެ – ދަރަވަންދޫ – މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާ ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާ ދެމެދު
މާލެ – ތިމަރަފުށި – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު
މާލެ – ކައްދޫ – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާ ދެމެދު

މިއީ އިބުރާހިމް މުހައްމަދު ޟާލިހު (އިބޫ) ވެރިކަމަށް ވަޑައިގެން ކުރައްވާނެ ކަމަށް ވަޢްދުވެ ވަޑައިގެންނެވި އެތެރޭގެ އުދުހުމުގެ އަގު ތިރިކުރުމުގެ ވަޢްދު ދަށުން ކުރެއްވިވކަމެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ފާތޭ

އެއީ ކުރިންވެސް ހުރި އަގުތަށް ބޮޑު އޮޅުވާލުމެއް. އެއްވެސް އަގެއް ހެވެއް ނުވޭ. ހަމަ ގައިމުވެސް ތިމަރަފުއްޓަކަށް