ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު އޭދަފުށީ ޒުވާނަކު، ފޯމް ރެޑްވޭވް ސަލީމާ ހަވާލުކުރައްވަނީ

އޭދަފުށިން ގިނަ އަދަދެއްގެ ޒުވާނުން ޕީއެންސީ އަށް ސޮއިކޮށްފި

ހިތާދޫ އޮންލައިން | 31 ޑިސެންބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އޭދަފުށީގެ ގިނަ އަދަދެއްގެ ޒުވާނުން ސޮއިކޮށްފިއެވެ.

އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ޕީއެންސީ އަށް ވަނުމަށްއެދި ސޮއިކުރުމަށްފަހު، ފޯމުތައް ހަވާލުކުރީ އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާ އެވެ.

ޕީޕީއެމްގެ ސަޕޯޓް ބޮޑު އޭދަފުށިން ގިނަ ބަޔަކު ޕީއެންސީއާ ގުޅޭނެ ކަމަށް ބެލެވެ އެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީ އުފައްދަން ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދު ކަމަށްވާ، 3،000 މެމްބަރުން އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :