މިރިޔަންދޫ

މިރިޔަންދޫ ރަސްމީކޮށް ހުޅުވައިފި!

ހިތާދޫ އޮންލައިން | 27 ޑިސެންބަރ 2018

އިޓަލީގެ މަޝްހޫރު ޑިޒައިން ސްޓޫޑިއޯއެއް ކަމަށްވާ ޕެލާ އެސޯސިއާޓީ އިން ޑިޒައިންކޮށްފައިވާ އެންމެ މަތީ ފެންވަރުގެ ވެސްޓިން މޯލްޑިވްސް ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ބ. މިރިޔަންދޫގައި ތަރައްގީކުރި ރިސޯޓް ރަސްމީކޮށް ހުޅުވުމަށްފަހު އެ ރިސޯޓް ހިންގާ މެރިއޮޓް އިންޓަނޭޝަނަލް އޭޝިޔާ ޕެސިފިކްގެ ވައިސް ޕްރެޒިޑެންޓް އޮފް މާކެޓިން މައިކް ފުލްކާސަން، ބީމް ޓްރެވަލްގައި ވިދާޅުވީ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ހުޅުވިގެން ދިއުމަކީ އެ ކުންފުނީގެ ޕޯޓްފޯލިއޯ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

“މިއީ ޗުއްޓީގައި އުޅޭއިރު ވެސް ސިއްހަތަށް ބަލައިގެން އުޅޭ ގެސްޓުންނަށް ޚާއްސަ ތަނެއް،” އޭނާ ވިދާޅުވި އެވެ.

މިރިޔަންދޫ ވަނީ މީގެ ދެ މަސްކުރިން ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. އަދި މިހާތަނަށް އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި މީހުން ވަރަށް ބޮޑަށް ލޯބިޖެހިފައިވާކަން އެ ރިސޯޓްގެ ފޭސްބުކް ޕޭޖަށް ކޮށްފައިވާ ރިވިއުތަކުން ފާހަގަ ކުރެވެ އެވެ.

މިއަތޮޅު ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަކީ ސްރީލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް، އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑާއި ޖަޕާނުގެ މެއިލް އޯޑާ ކުންފުނި ބެލޫނާ ކޮމްޕެނީ ލިމިޓެޑު ހިއްސާވެގެން ތަރައްގީކުރާ ރިސޯޓެކެވެ.

މިއީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވް، ބ. އަތޮޅުގައި މިއަހަރު ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓާއެކު މިއަތޮޅުގައި ޖުމްލަ 16 ރިސޯޓު މިހާރު ހިންގަމުންދެއެވެ. އަދިވެސް އިތުރު ރިސޯޓްތައް އަންނަނީ ތަރައްގީކޮށް ހުޅުވަން ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :