ޢަންޑަރ 16 ނުބާރާތުގެ ޗެމްޕިއަން ޓީމް. ފޮޓޯ- ހިތާދޫ އޮންލައިން

އަންޑަރ 16 ގެ ޗެމްޕިއަން ތަށި ޔޫފޭސް ނަގައިފި

ޢާމިރު ޢަބްދުއްލަޠީފު | 24 ޑިސެންބަރ 2018





ހިތާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިތާދޫ ޔޫތުވިންގ އިން ހިންގާ "ހިތާދޫ ޔޫތުކަޕް އަންޑަރ 16" ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ތަށި ޔޫފޭސް ނަގައިފިއެވެ.

ޔޫފޭސް ތަށި ނެގީ ހޮނިހިރު ދުވަހު ހިތާދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ހުދުފޮށާއާއި ބައްދަލުކޮށް 9، 0 ލަނޑުން މެޗު ކާމިޔާބު ކޮއްގެންނެވެ.

މި މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ހުދުފޮށާގެ ރަފްޙާން އާއި އެޓީމުގެ ނާއިޝް އާއި ޔޫފޭސްގެ ޒައިން އާއި ނާހިލުގެ އިތުރުން ވަރިހަމަ ޓީމުގެ މާޒިން ރަޝީދެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުދުފޮށާގެ މާއިޝް މުޙައްމަދު ހޮވުނުއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔޫފޭސްގެ ޒައިން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ވަރިހަމަ ޓީމެވެ.

މި މުބާރާތުގެ ވަނަތަކަށް ލޮޓަސްގެ ފަރާތުން ވަނީ އަގުބޮޑު އިނާމުތަކެއް ހުށައަޅާފައެވެ. އެގޮތުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިއަކަށް ގޯލްޑަންފާމް ކިރުދަޅެއް ވަނީ ދީފައެވެ. މޮޅު ފަސް ކުޅުންތެރިންނަށް ދީފައިވަނީ ލޮޓަސް ބައިސްކަލެއް ދީފައެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ދީފައިވަނީ ޑޯމެކްސް ބައިސްކަލެކެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔާ އަށްވެސް ބައިސްކަލެއް ދީފައިވެއެވެ.

މިއީ ހިތާދޫ ޔޫތުވިންގ އިން ކުޑަކުދިންނަށް އަމާޒު ކޮށްގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މި މުބާރާތުގައި މަކަރު ހަދައި އައިޑީކާޑު އޮޅުވާލުމުގެ ސަބަބުން ސެމީ ފައިނަލަށް ދަތުރު ކުރިފަހުން ބަރާބަރު ވަނީ ޑިސްކޮލިފައި ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :