ހިދާ ޔުނިޓީ ކަޕްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ހިތާދޫ އޮންލައިން | 21 ޑިސެންބަރ 2018

ހިތާދޫ އައިލެންޑް ޑިވެލޮޕްމަންޓު އެސޯސިއޭޝަން (ހިދާ) އިން އިންތިޒާމު ކޮށްގެން ބާއްވާ "ހިދާ ޔުނިޓީ ކަޕް" ފުޓުސެލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޑިސެންބަރ މަހުގެ 27 އަދި 28 ގައި މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ޓީމުތަކުން މާދަމާ ރޭގެ 10:00 ކުރިން ރެގިސްޓްރީ ފޯމު ހުށައަޅަން ޖެހެއެވެ. ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ނެގުމަށްވެސް ވަނީ ހަމަ ޖެހިފައެވެ.

މިއީ ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ދިރިއުޅޭ ބ. ހިތާދޫ އަށް ނިސްބަތްވާ މީހުންނަށް އެޖަމިއްޔާ އިން ބާއްވާ މުބާރާތެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :