މިނިސްޓަރ މަޙްލޫފު ބ. ހިތާދޫ ފެރީގިމަތަ ހުޅުވައި ދެއްވަނީ ފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫ ފެރީ ގިމަތަ ހުޅުވައިފި

ޢާމިރު ޢަބްދުއްލަޠީފު | 20 ޑިސެންބަރ 2018

ބ. ހިތާދޫ ކައުންސިލުގެ މާލިއްޔަތުން ޚަރަދު ކޮށްގެން ހިތާދޫ ބަނދަރުގައި ޢިމާރާތްކުރި ފެރީގިމަތަ ހުޅުވައިފިއެވެ.

ލައްކައެއްހާ ރުފިޔާ ޚަރަދު ކޮށްގެން ޢމާރާތް ކުރި މި ފެރީ ގިމަތަ ހުޅުއްވައި ދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.

ހިތާދޫ ކައުންސިލުން ބުނީ ހިތާދޫއަށް ލަފާފުރާ ދަތުރުވެރިންނަށް މި ފެރީ ގިމަތައިގެ ސަބަބުން ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :