އަތީފު

ޕްރައިމަރީ އަކާއިނުލާ ތުޅާދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު އަތީފަށް ދީފި

ހިތާދޫ އޮންލައިން | 20 ޑިސެންބަރ 2018

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ޕްރައިމަރީއަކާ ނުލައި ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް މުހައްމަދު އަތީފަށް ހަވާލުކޮށްފިއެވެ.

އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަތީފަށް ޓިކެޓް ހަވާލު ކޮށްފައިވާއއިރު މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އޭދަފުށީ ދާއިރާގެ ޓިކެޓްވެސް ވަނީ އެދާއިރާގައި ހުންނެވި އޭދަފުށީ ދެވިނަގޭ އަހްމަދު ސަލީމަށް ހަވާލު ކުރައްވާފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ނިންމާފައިވާ ދާއިރާތަކުގެ އަދަދު 54 އަކަށް އަރާނެ އެވެ.

މެންބަރުންނަށް ޓިކެޓް ހަވާލުކުރެއްވުމަށްފަހު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ހަވާލުކޮށްފައިވާ ބޭފުޅުންނަކީ އިންތިހާބުގައި ކާމިޔާބު ލިބިދާނެކަމަށް އުންމީދުކުރެވޭ ދާއިރާތަކުން، އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލުކަން ހުރިކަމަށް ޕީޕީއެމުން ދެކޭ ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓުންނަށް ދާއިރާތަކުން ތާއީދުކޮށްދިނުމަށް ޕީޕީއެމްގެ ރައީސް ޔާމީން އެދިވަދައިގެންނެވި އެވެ.‎


ކިޔުންތެރިންގެ ޚިޔާލު...


ނަން :