ޢަންޑަރ 16 ފުޓުބޯޅަ މުބާރާތަށް ދޭ އިނާމެއް

އަންޑަރ 16 މުބާރާުތުގެ ވަނަތަކަށް ބޮޑު އިނާމު ތަކެއް!

ޢާމިރު ޢަބްދުއްލަޠީފު | 19 ޑިސެބްބަރ 2018

ޙިތާދޫ ޔޫތުވިންގ އިން އިންތިޒާމު ކޮށްގެން 16 އަހަރުން ދަށުގެ ކުދިންނަށް މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތުގެ ވަނަތަކަށް ހެޔޮ އެދޭ ފަރާތަކުން ބޮޑެތި ޢިނާމު ތަކެއް ހުށައަޅައިފިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުނަފުންނެއް ކަމަށްވާ ލޮޓަސްގެ ހިއްސާދާރު އަޙްމަދު ޢާރިފު )އާއްޓޭ) ހުޝައެޅި އިނާމް ތަކުގެ ތެރޭގައި އެންމެ ފަހުގެ ބައިސްކަލު ހިމެނެއެވެ.

މި މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވޭ ކޮންމެ ކުޅުންތެރިއަކަށް ލޮޓަސް ބައިކެއް ހުށައަޅާފައި ވާއިރު އެންމެ އުންމީދީ ކުޅުންތެރިޔާ އަށް ލިކެން ބައިކެއް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ކޮންމެ މެޗެއްގެ މޭންއޮފްދަ މެޗުގެ މަގާމަށް ހޮވޭ ކުޅުންތެރިއަކަށް ގޯލްޑަންފާމް ކިރުދަޅެއް ހުށަޅާފާއިވެއެވެ. މިމުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހުށައަޅާފައި ވަނީ ޑޯމެކްސް ބައިސްކަލެކެވެ.

ރައްޔިތުން މަޖިލީހުގެ އޭދަފުށި ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަޙްމަދު ޢާރިފު (އާއްޓޭ) ވިދާޅުވީ މިއީ އިޖްތިމާޢީ ކަންކަމުގައި ބައިވެރި ވުމުގެމުގެ ގޮތުންނާއި އަތޮޅު ތެރޭގެ ކުލަބް ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ހިއްވަރުދީ ދުޚަހެޔޮ ރަނގަޅު ޒުވާން ޖީލެއް ބިނާ ކުރުމަށް އެހީތެރި ވުމުގެ ގޮތުން ހުށައެޅި އިނާމުތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :