ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފަށް ބ. ހިތާދޫން މަރުހަބާ ކިޔަނީ. ފޮޓޯ- ހިތާދޫ އޮންލައިން

ކުޅިވަރާއި ބެހޭ ވަޒީރު ބ. ހިތާދުއަށް ވަޑައިގެންފި!

ޢާމިރު ޢަބްދުއްލަޠީފު | 18 ޑިސެންބަރ 2018





ކުޅިވަރާއި ބެހޭ ވަޒީރު އޮނަރަބަލް އަލްފާަޟިލް އަޙްމަދު މަޙްލޫފު މިއަދު ބ ހިތާދޫ އަށް ވަޑައިގެންފިއެވެ.

މިނިސްޓަރ މަހްލޫފު ބ. ހިތާދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ބ. ހިތާދޫން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިނިސްޓަރުގެ މިދަތުރު ފުޅަކީ އެމަނިކުފާނުގެ ވުޒާރާއި ގުޅުންހުރި ކަންކްން ބަލައި ރައްޔިތުބްގެ ހުރި ކަންބޮޑުވުންތަށް އޮޅުންފިލުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރުގެ މިދަތުރު ފުޅުގައި ހިޔާދޫގައި ކުރީގެ ސަރުކާކުން އަޅަމުން ދިޔަ ފުޓުސެލް ދަނޑާއި ބަށިކޯޓާއި ބޯޅަދަނޑާއި ހިތާދޫ ޕްރީ ސްކޫލް ވަނީ ބައްލަވާ ލައްވާފައެވެ.

މިއަދުގެ ދަތުރުގައި ކުޅިވަރާއި ބެހޭ ވަޒީރު ވަނީ ހިތާދޫގެ ޒުވާނުނަނާއި އަދި ކައުންސިލާއި ބައްދަލު ކޮށް ރައްޔިތުންގެ ކަންބޮޑުވުންތަށް އޮޅުން ފިލުވާފައެވެ.

މިއީ މި ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު ބ. ހިތާދުއަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :