އަންޑަރ 16 ފުޓުބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޢާމިރު ޢަބްދުއްލަޠީފު | 18 ޑިސެންބަރ 2018

ހިތާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިތާދޫ ޔޫތުވިންގ އިން ހިންގާ "ހިތާދޫ ޔޫތުކަޕް އަންޑަރ 16" ފުޓުބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ އެޖަމިއްޔާއިން ކޮންމެ އަހަރުވެސް ބާޢްވަމުން އަންނަ ހިތާދޫ ޔޫތުކަޕް ފުޓުސެލް މުބާރާތުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށް އެކަންޏެވެ.

މި ޑިސެންބަރ މަހުގެ 21 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރަން އެދޭ ޓީމުތަކުން ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ޖަމިއްޔާގެ އޮފީހަށް ހުށައެކުމަށް ހިތާދޫ ޔޫތުވިންގ އިން ބުނެއެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެންބަރ 19 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 16:00 އިން 16:45 އަށް އެ ޖަމިއްޔާގެ އޮފީހުންނެވެ.

ހިތާދޫ ޔޫތުވިންގ އިން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުޞަދަކީ ހިތާދޫގެ ކުޑަކުދިންނަކީ ދުޅަހެޔޮ ހުނަރުވެރި ކުޅުންތެރިންތަކަކަށް ހެދުންކަމަށާއި މި އުމުރު ފުރާގެ ކުދިންނަށް މިފަދަ ފުރުޞަތު ލިބެނީ ވަރަށް މަދުން ކަމަށް ވާތީއާއި ސްކޫލު ޗުއްޓީ ދުވަސްތައް ރަނގަޅުގޮތައި ހޭދަ ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :