ހިތާދޫގައި ހިންގި ވައިޑީޕީ ޕްރޮގްރާމުގެ ތެރެއިން. ފައިލު ފޮޓޯ - ހިތާދޫ އޮންލައިން

ހިތާދޫގައި ފުޓުބޯޅަ ފެސްޓިވަލެއް ބާއްވަނީ!

ޢާމިރު ޢަބްދުއްލަޠީފު | 17 ޑިސެންބަރ 2018

މި މަހުގެ 19 އިން 29 އަށް ފުޓޫބޯޅަ ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހިތާދޫ ޔޫތުވިންގ ޖަމިއްޔާއިން ބުނެފިއެވެ.

ހިތާދޫ ޔޫތުވިންގ އިން ބުނީ މިފެސްޓިވަުގައި ބައިވެރިންނަށް ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށާއި މިފެސްޓިވަލުހައި ބައިވެރި ވެވޭނީ މިއަހަރު ގްރޭޑު 1 އާއި 5 ދެމެދުގެ ގްރޭޑުގައި ކިޔެވި ދަރިވަރުންނަށް ކަމަށެވެ.

މިފެސްޓިވަލުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާދަމާގެ ހަވީރު 4:30 އާއި 5:30 އަށް ހިތާދޫ ޔޫތުވިންގ ޖަމިއްޔާގެ އޮފީހަށް ދުރުވެ ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ބައިވެރިންގެ އަތުން 50 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :