އަޙްމަދު ޢާރިފު (އާއްޓޭ)

އާއްޓެ އޭދަފުށީ ދާއިރާއަށް ކުރިމަތި ލަނީ

ހިތާދޫ އޮންލައިން | 14 ޑިސެންބަރ 2018

ލޮޓަސް ބައިކް ޝޮޕްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، ކެމްޕެއިން ފައްޓަވައިފިއެވެ.

އަހްމަދު އާރިފް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށްޓަކައި އޭދަފުށި ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމާފައިވާ ކަމަށެވެ. މި ދާއިރާގައި އޭދަފުށީގެ އިތުރުން ދެން ހިމެނެނީ މާޅޮހާއި ހިތާދޫ އެވެ.

އާރިފަކީ ވަރަށް ކުރިއްސުރެ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވާ މަޝްހޫރު ވިޔަފާރިވެރިއެކެވެ

އާރިފް، އޭދަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު، ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު ވެސް މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :