ބ. ކިހާދޫއަށް ކަރަންޓު ދެމުން އަންނަ ޖަނަރޭޓަރުތައް– ފޮޓޯ: ކިޔުންތެރިއެއް

ބ. ކިހާދޫން ކަރަންޓު ކަނޑަނީ.. ސަރުކާރު ބަދުނާމު ކުރަން

ޢާމިރު ޢަބްދުއްލަޠީފު | 09 ޑިސެންބަރ 2018

ބ. ކިހާދޫން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާނީ ސަރުކާރު ބަދުނާމު ކުރަން އިންޖީނުގޭ މުވައްޒަފުން ގަސްތުގައި ކަރަންޓު ކަނޑާތީ ކަމަށް އެ ރަށުގެ ބައެއް ރައްޔިތުން ރައްޔިތުން ބުނެފިއެވެ.

ކިހާދޫން ވާހަކަ ދެއްކި މީހަކު ބުނީ އިންޖީނުގޭގައި އުޅެނީ ހުސް ޕީޕީއެމް މީހުން ކަމަށާއި އެމީހުން މަސައްކަތް ކުރަނީ މިސަރުކާރު ބަދުނާމު ކުރުމަށް ކަމަށެވެ. ކަރަންޓު ކެނޑޭތީ ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށާއި ކަރަންޓު ކެނޑޭތީއެކަކުވެސް އިންޖީނުގެއަށް ޝަކުވާ ހުށަނާޅާ ކަމަށްވެސް އޭނާ ބުންޏެވެ.

،" ކިހިނެއް ގަބޫލު ކުރާނީ ލޯޑު ބޮޑުވެގެންކަމަށް ކަރަންޓު ދަނީ. މިނެޓެއް ދެމިނެޓު ވާނީ އަލުން ކަރަންޓު އަންނަން.. " ހިތާދޫ އޮންލައިން އަށް މަޢްލޫމާތު ދިން މީހާ ބުންޏެވެ.

ކިހާދޫ އިންޖީނުގެ އޮފިޝަލަކު ބުނީ އެރަށު އިންޖީނުގޭގައި ތިން ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރެވެނީ ދެ ޖަނަރޭޓަރެވެ. 128 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 90 ކިލޯ ވޯޓުގެ ޖަނަރޭޓަރެއްކަމަށެވެ..

“އިރުއިރުކޮޅާއި ކަރަންޓު ކެނޑޭ. އެކި ފަހަރު އެކި އެލާމް އަޅަނީ. މިކޮޅުގަ ނުހުރޭ ޓެކްނީޝަނެއް ވެސް. އެހެންވީމަ އެކަން ހައްލު ނުވެގެން މިއުޅެނީދެދުވަހެއްތެރޭ ޓެކްނިޝަން އަންނާނެ.”އޮފިޝަޅް ވިދާޅުވިއެވެ.

ކިހާދޫން ވާހަކަ ދެއްކި މީހަކު ބުނީ އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ، އެގޭ ތެރޭގައި ބޭނުންކުރާ ޓީވީ ހަލާކުވެފައިވާ ކަމަށެވެ.

“މިއަދު ވެސް ދެތިން ފަހަރަކު ކަރަންޓް ކެނޑިއްޖެ. މިހާރު ގޭގޭގައި ޚިތާނުކޮށްގެން އުޅޭތީ ކަރަންޓް ކެނޑެތީ ވަރަށް ދަތިތަކާ ކުރިމަތިވެސް ވޭ، މިގޮތަށް ކަރަންޓް ކެނޑޭތީ އިލެކްޓްރޯނިކް ގިނަ އަދަދެއްގެ އިކްޓްރޯނިކް ސާމާނަށް ވެސް މައްސަލަ ދިމާވެއްޖެ،” ކިހާދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ..


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ahmed

ތީދޮގެއް.
ދޭތެރެޖައްސަނީ