ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް ސަލީމް އާއި ސަލާމް ކުރައްވަނީ.—ފޮޓޯ: ހުސައިން ވަހީދު/މިހާރު

ތަބަކަށްލާފައި ޕީޕީއެމްގެ އޭދަފުށީ ދާއިރާ ޓިކެޓު ރެޑްވޭވް ސަލީމަށް ދީފި!

ހިތާދޫ އޮންލައިން | 05 ޑިސެންބަރ 2018

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ވާދަކުރެއްވުމަށް، ޕީޕީއެމްގެ ޓިކެޓު ތަބަކަށް ލާފާއި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ދީފިއެވެ.

ސަލީމުއާއެކު އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ 24 މެމްބަރުނަށް ޕްރައިމަރީ އަކާ ނުލައި އެ ޕާޓީގެ ޓިކެޓު ވަނީ ދީފައެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުންނަށް ޓިކެޓް ދީފައިވާކަން އިއުލާންކުރެއްވީ އެ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީނެވެ.

އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ސަލީމު ވާދަ ކުރައްވަނީ މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ އޭދަފުށީ ދާއިރާއަށެވެ.

2009 ވަނަ އަހަރުން ފެށިގެން ސަލީމު އަންނަނީ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންނެވެ. ފުރަތަމަ ދައުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވިއިރު މިދިޔަ ދައުރުގައި ވެސް އޭނާ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ސަލީމު ކުރިން ވިދާޅުވީ އޭނާ ތިންވަނަ ދައުރަކަށް މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ މި ދާއިރާގައި ދެމި ހުންނެވުމަކީ ދާއިރާގެ ގިނަ ބައެއްގެ އެދުމަކަށްވާތީ ކަމަށެވެ. އަދި އުފަންރަށް ހިމެނޭ ދާއިރާއަށް ޚިދުމަތް ކުރުމަކީ ލިބިވަޑައިގަންނަވާ ޚާއްސަ އުފަލެއް ކަމަށާއި މިދާއިރާގެ ރައްޔިތުން ވޭތުވެދިޔަ ދެ ދައުރުގައި ވެސް އޭނާ އިންތިޚާބު ކޮށްފައިވަނީ ދާއިރާ އަށް އެކަށީގެންވާ ޚިދުމަތް ކޮށްދެވިފައިވާތީ ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް އޭދަފުށި ދާއިރާއަށް ކުރިމަތިލާން ނިންމާފައި ވީ އިރު މި އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގަ ހިތާދޫ ކައުންސިލުގެ ފެރަތަމަ އިންތިޚާބީ ރައީސް ޔޫސުފު ގާސީމާއި އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު އާއި ލޮޓަސް ބައިކް ޝޮޕްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) ވެސް މިދާއިރާއަށް ކުރިމަތިލައްވަން ވަނީ ނިންމައިފަ އެވެ. .


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ޔަސް

ސާބަސް މިފަހަރު ވެސް ސަޅީމް ބެ ހޮވާނަން އިރާދަކުރެއްވިއްޔާ،،،