ބ. ގޮއިދޫގައި ހިންގި މެޑިކަލް ކޭންޕު. ފޮޓޯ- ފައްތާހު

ބ. ގޮއިދޫގައި މެޑިކަލް ކޭންޕެއް ބާއްވައިފި

ޢާމިރު ޢަބްދުއްލަޠީފު | 02 ޑިސެބްބަރ 2018

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރ ޑރ.ޔޫސުފް ޝާން ( ކަށީގެ ބަލިތަކަށް ހާއްސަ ) އާއި ޑރ. އަބްދުއްﷲ ނިޔާފް ( ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ) އަދި ޑރ. އަހްމަދުޒިޔާން ( އާއްމު ބަލިތައް ) ބ.ގޮއިދޫގައި މެޑިކަލް ކޭންޕެއް ފަށައިފިއެވެ.

މި ކޭންޕަކީ އެބޭފުޅުބްގެ ޢިޖްތިމާއީ ޛިންމާއެްގެ ގޮތުން ހިލޭސާބަހަށް ބ.ގޮއިދޫ ޞިއްޙީމަރުކަޒާއި ގުޅިގެން ބ. ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން 30 ނޮމްވެމްބަރ 2018 ން 2 ޑިސެމްބަރ 2018 ގެ ނިޔަލަށް ކުރިއަށް ގެންދާ މެޑިކަލް ކޭމްޕެކެވެ.

ޣޮއިދޫ ސިއްހީ މަރުކަޒުން ބުނީ މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައި ވާކަމަށާއި ގިނަ އަދަދެއްގެ ފަރާތްތަކުންވަނީ މިޑޮކްޓަރުންނަށް ދައްކާ ފަރުވާ ހޯދާފައިވާކަމަށެވެ.

މި ކޭމްޕްގެ ތެރޭގައި " ބޭސިކް ލައިފް ސަޕޯޓް އަދި ފަސްޓް އެއިޑް" ޓްރެއިނިންގ ޕްރޮގްރާމެއްވެސް ވަނީ ބޭއްވިފައެވެ.ދެގަޑިއިރަށް ދެމިގެންދިޔަ މިޕްރޮގްރާމްގައި މައުލޫމާތު ދެއްވީ އިމަޖެންސީ ފަރުވާގެ ސްޕެޝިއަލިސްޓެއްކަމަށްވާ ޑރ. އަހުމަދު ޒިޔާންއެވެ. މިޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ބ.ގޮއިދޫ ، ފުޅަދޫ އަދި ފެހެންދޫގައި ގެސްޓް ހައުސް ހިންގުމުގައި އަމަލީގޮތުން ހަރަކާތްތެރިވާފަރާތަކާއި ބ.ގޮއިދޫ ހެލްތް ސެންޓަރ ގައި މަސައްކަތް ކުރައްވާ ކަމާ ގުޅޭ ފަރާތްތަކުގެ އިތުރުން ބ.ގޮއިދޫ ކައުންސިލް ، ބ.ގޮއިދޫ ފެނަކަ އަދި މިކަމަށް ޝައުގުވެރިވާ ޒުވާނުންނަށެވެ.

މީގެ އިތުރުން އާއްމު ސިއްޙަތާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ބައްދަލުވުމެއް ބ.ގޮއިދޫ ސްކޫލްގައި ވަނީ ބާއްވާފައެވެ.މިބައްދަލުވުގައި މަޢުލޫމާތު ދެއްވީ ޑރ.ޔޫސުފް ޝާން ( ކަށީގެ ބަލިތަކަށް ހާއްސަ ) އަދި ޑރ. އަބްދުއްﷲ ނިޔާފް ( ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ) މި ދެޑޮކްޓަރުންނެވެ.މިބައްދަލުވުމުގައި ބ.ގޮއިދޫ ވަރަށްގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެ ލައްވާފައެވެ.މިޕްރޮގްރާމް ނިންމާލުމަށްފަހު ޑޮކްޓަރުންގެ ޓީމްގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ވަނީ ހަވީރުގެ ސައިފޮދެއް އަރުވާފައެވެ. މި ސައިފޮދުގެ ހުރިހާކަމެއް އިންތިޒާމްކޮށްފައިވަނީ ބ.ގޮއިދޫ ސްކޫލުގެ ފަރާތުންނެވެ.

މި މެޑިކަލް ކޭމްޕަށް ބ.ގޮއިދޫގެ ހުރިހާ މުއައްސަސާތަކުންނާއި ބ.ގޮއިދޫ ރައްޔިތުން ފަރާތުން ވަރަށް ބޮޑު ތަރުޙީބެއްވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :